ޓެސްލާގެ ހިއްސާދާރުންގެ މައްސަލައެއް ކޯޓުން ބޭރުކޮށްލައިފި
ޓެސްލާގެ ހިއްސާދާރުން އިލޯން މަސްކާ ދެކޮޅަށް ހުށަހަޅާފައިވާ ދައުވާއެއްގެ ޝަރީޢަތެއް ސެން ފްރެންސިސްކޯއިން ޓެކްސަސްއަށް ގެންދިއުމަށް އީލޮން މަސްކް ހުށަހެޅުއްވި މައްސަލަ ކޯޓުން ބޭރުކޮށްލައިފިއެވެ. ޓެސްލާގެ ހިއްސާދާރުންގެ ބަޔަކާ ދެކޮޅަށް، ޝަރީއަތް ޓެކްސަސްއަށް ގެންދިއުމަށް އީލޮން މަސްކް އެދުމުން ފެޑެރަލް ފަނޑިޔާރަކު އެކަމާއި ދެކޮޅު ހަދާފައިވާއިރު، މި މައްސަލައިގެ ޝަރީއަތް މިމަހުގެ 17ވަނަ ދުވަހަށް އޮތީ ތާވަލުކޮށްފައެވެ. މަސްކްގެ ވަކީލުން އެމައްސަލަ ސެން ފްރެންސިސްކޯއިން ބޭރަށް ގެންދިއުމަށް ހުށަހެޅީ ސެން ފްރެންސިސްކޯގައި ހުންނަ ޖޫރީ ޕޫލުން ބިލިއަނަރާ މެދު ޤާނޫނީ ހަމަތަކުން ބޭރުން އަމަލެއް ހިންގުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެ، މިމަހުގެ ހަތްވަނަ ދުވަހުއެވެ. މަސްކްގެ ޤާނޫނީ ޓީމުން ކޯޓުގައި އެދުނީ އެ ޝަރީއަތް ކުރިއަށް ގެންދިއުމަށް އެމެރިކާގެ ޓެކްސަސް އަށް ނުވަތަ ކެލިފޯނިއާއަށް ބަދަލުކުރުމަށެވެ. މަސްކާ ދެކޮޅަށް ހުށަހަޅާފައިވާ މި ދައުވާގައި ހިއްސާދާރުން ތުހުމަތު ކުރަނީ ކުންފުނީގެ ޕްރޮޑަކްޝަން ނަމްބަރުތަކާ ބެހޭ ގޮތުން މަސްކް ދޮގުހަދާ އޮޅުވާލައިގެން ވާހަކަ ދައްކަވާ ކަމަށާއި އެކަމުގެ ސަބަބުން ކުންފުނީގެ ހިއްސާގެ އަގު އުފުލިގެން ދިޔައީ ހަޤީޤީ އަގެއްގެ ގޮތުގައި ނޫން ކަމަށެވެ. މަސްކްގެ ގާނޫނީ ޓީމުން ކޯޓަށް ހުށަހެޅި ގަރާރުގައި ބުނެފައިވަނީ، މަސްކް ސީއީއޯގެ މަގާމުގައި ހުންނެވި ޓްވިޓާގައި ދާދި ފަހުން ވަޒީފާއިން ވަކިކުރުމާ ގުޅޭ ގޮތުން ކުރިއަށްދިޔަ ނެގެޓިވް ޕަބްލިސިޓީގެ ސަބަބުން ސެން ފްރެންސިސްކޯގައި ޝަރީއަތް ކުރިއަށް ގެންދިއުމަށް އަދުލުވެރި ހުކުމެއް ހޯދުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ. ނަމަވެސް ގާޒީ ވަނީ ސެން ފްރެންސިސްކޯގައި އިންސާފުވެރި ޝަރީއަތެއް ނުބޭއްވޭނެ ކަމަށް ބެލެވޭ ވަރަށް ހެކި ނެތް ކަމަށް ވިދާޅުވެ އެ ކަމަށް އިންކާރު ކުރައްވައިފައެވެ. މިއީ ޓެސްލާއާ ބެހޭ ގޮތުން މަސްކް ދެއްކެވި ވާހަކަތަކާ ގުޅިގެން ގާނޫނީ ގޮންޖެހުންތަކާ ކުރިމަތިވި ފުރަތަމަ ފަހަރެއް ނޫނެވެ. ޓެސްލާ ޕްރައިވެޓް ކުރަން ފައިސާ ހޯދާފައިވާ ކަމަށް ބުނެ ދޮގު ވާހަކަތަކެއް ދެއްކި ކަމަށް ބުނެ 2018ވަނަ އަހަރު ސެކިއުރިޓީޒް އެންޑް އެކްސްޗޭންޖް ކޮމިޝަން (އެސްއީސީ) އާއެކު އެއްބަސްވުމަކަށް އާދެވުނެވެ. ސެޓްލްމަންޓްގެ ޝަރުތުތަކުގެ ދަށުން މަސްކް އަށް ޖެހުނީ 20 މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ޓެސްލާގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަންކަމުން އިސްތިއުފާ ދެއްވުމަށެވެ. ޓެސްލާ އާއި ޓްވިޓާ ގެ މެނޭޖްމަންޓުގެ ސަބަބުން ފާއިތުވި މަސްތަކުގައި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ މަސްކަށް ކުރިމަތިވެފައިވާ ގާނޫނީ ހަނގުރާމައަކީ އަނެއްކާވެސް ގޮންޖެހުމެކެވެ. މި ޓްރަޔަލްގެ ނަތީޖާ އިންވެސްޓަރުންނާއި އިންޑަސްޓްރީގެ ތަޖުރިބާކާރުން ވެސް ވަރަށް ގާތުން ބަލާނެ ކަމަށާއި އެއީ އިލެކްޓްރިކް ކާރު އުފައްދާ ކުންފުނީގެ މުސްތަގުބަލަށް ބޮޑެތި އަސަރުތަކެއް ކޮށްފާނެ ކަމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ