ރެހެންދި ސްކޫލްގައި ރޯވީ ކަރަންޓު ބޯޑެއްގައި، ކުއްޖަކަށް ގެއްލުމެއް ނުވޭ

ހުޅުމާލެ ރެހެންދި ސްކޫލްގެ 4އަދި 5ވަނަ ފަންގިފިލާގައި ހުރި ކަރަންޓު ޕެނަލް ބޯޑެއްގައި ރޯވި ހާދިސާގައި، އެއްވެސް ދަރިވަރަކަށް ގެއްލުމެއް ނުވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ރޯވި އަލިފާން ސްކޫލާއި، އެމްއެންޑީއެފް ގުޅިގެން ވަރަށް އަވަހަށް ވަނީ ނިއްވާލާފައެވެ. ކަރަންޓު ބޯޑުގައި ރޯވީ މިއަދު ހެނދުނު 6:30ހާއިރު، ސްކޫލަށް ދަރިވަރުން ހާޒިރުވަމުންދިޔަ ވަގުތެއްގައެވެ.
އެޑިއުކޭޝަން މިނިސްޓްރީއިން ވިދާޅުވީ ހާދިސާ ހިނގަން ފެށުމާއެކު، ރައްކާތެރިކަމާއެކު ދަރިވަރުން ތިރިއަށް ބާލާ ގެއަށް ފޮނުވާލާފައިވާކަމަށެވެ. ދަރިވަރުންގެ ސަލާމަތާ ރައްކާތެރިކަމަކީ ސްކޫލާ މިނިސްޓްރީއިންވެސް އެންމެ އިސްކަން ދޭ ކަންކަމަށެވެ. މި ހާދިސާގައި އެއްވެސް ދަރިވަރަކަށް އަދި ސްކޫލްގެ މުވައްޒަފަކަށްވެސް ގެއްލުން ނުވާކަމަށް މިނިސްޓްރީއިން ވިދާޅުވިއެވެ.
މި ހާދިސާ ހިނގި ރެހެންދި ސްކޫލްގެ 4 އަދި 5ވަނަ ފަންގިފިލާގައި ކަރަންޓު ނެތުމުގެ ސަބަބުން، ސްޓެލްކޯއާއެކު ވީހާވެސް އަވަހަށް އެ މައްސަލަ ޙައްލުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ