އީރާނުގެ ސާފުނުކުރާ ތެޔޮ ބޭރުކުރާ ކަމަށް ބުނެ އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ، އަދި އެއްވެސް ގައުމެއްގެ ދިދައެއް ނެތް "އެމް.ޓީ ޑެވީނާ" ނަމަކަށް ކިޔާ ތެޔޮ ޓޭންކަރެއް ރޭގެ ވަގުތެއްގައި އިންޑިއާ ކަނޑުން ހުއްޓުވައި، އެމެރިކާގެ އަސްކަރިއްޔާއިން އެ އުޅަނދަށް އަރައިފިއެވެ.
މި ހާދިސާ ހިނގާފައި މިވަނީ މި އަހަރުގެ ފެބުރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ފަށާފައިވާ ވަރުގަދަ އަސްކަރީ ކުރިމަތިލުންތަކުގެ ސަބަބުން، މުޅި ސަރަހައްދުގެ މަސްރަހު ނުހަނު ބޮޑަށް ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.
އެމެރިކާގެ މި ހަމަލާތަކާ ގުޅިގެން އީރާނުން ވަނީ ގަލްފް ސަރަހައްދާއި އިންޑިއާ ކަނޑު ގުޅުވައިދޭ ސްޓްރެޓީޖިކް މުހިންމު ކަނޑުއޮޅިއެއް ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށް، ކަނޑުމަގުން ހިސާރުގެ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ.
ރައްދުގައި އެމެރިކާއިން ވެސް އީރާނުގެ ބަނދަރުތައް ބަންދުކޮށް އަމިއްލަ ހިސާރެއް ގާއިމުކޮށްފައިވާ އިރު، މި އެންގުންތަކަށް ތަބާވާން ދެކޮޅު ހެދި ހަ އުޅަނދަކަށް މިހާތަނަށް އެމެރިކާގެ އަސްކަރިއްޔާއިން ހަމަލާދީފައިވެއެވެ.
އިންޑިއާ ކަނޑުގައި ހިފެހެއްޓި މި ހިފެހެއްޓުމަކީ މި އަހަރުގެ ފެބުރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން އީރާނާއި އިސްރާއީލާ ދެމެދު އުފެދުނު އަސްކަރީ ވަރުގަދަ ކުރިމަތިލުންތަކާ ސީދާ ގުޅުންހުރި ކަމެކެވެ. އެ ކުރިމަތިލުންތަކުގެ ތެރެއަށް އެމެރިކާއިން ވަދެ އީރާނަށް ދޭންފެށި ހަމަލާތަކާ ގުޅިގެން، އީރާނުގެ އަސްކަރިއްޔާއިން ވަނީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ މައި ލޭނާރު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށް، ގަލްފް ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް ހުރަސްއަޅައި ކަނޑުމަގުން ބޮޑު ހިސާރެއް ގާއިމުކޮށްފައެވެ.
މި މަސްރަހު އިތުރަށް ގޯސްވެގެންދިޔައީ އީރާނުގެ ފިޔަވަޅުތަކަށް ރައްދު ދިނުމުގެ ގޮތުން އެމެރިކާއިން ވެސް އީރާނުގެ ބަނދަރުތައް ބަންދުކޮށް، އެ ގައުމާ މުއާމަލާތްކުރާ ހުރިހާ އުޅަނދަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދިނުމުންނެވެ.
އިންޑިއާ ކަނޑުން އީރާނުގެ ތެޔޮ ޓޭންކަރަކަށް އެމެރިކާ ސިފައިން އަރައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ