ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ ކުޑަކުރަން ޖެހޭކަމަށް ޤަބޫލު ކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސައިން ވިދާޅުވެއްޖެއެވެ.
މެމްބަރު އެފަދައިން ވިދާޅުވީ ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
މެމްބަރު ވިދާޅުވީ، މި ޤައުމަށް ވަންނަ ފައިސާއާ އެއްވަރަށް ދެކޮޅު ޖެހޭ ނިޒާމެއްގެ ތެރެއިން ޚަރަދުތައް ފޫބައްދައި ކަންކަން އިންތިޒާމު ކުރަން ޖެހޭ ކަމަށާއި، ޤައުމުގެ މުސްތަޤުބަލު އުޖާލާ ކުރެވޭނީ އެގޮތަށް ކަންކަން ކޮށްގެން ކަމަށެވެ.
ހަމައެއާއެކު، ޤައުމުގެ އުފެއްދުންތެރިކަން އިތުރުކޮށްގެން އާމްދަނީ ލިބޭނެ މަގުތަކެއް ހޯދަން ޖެހޭކަމަށްވެސް މެމްބަރު ވިދާޅުވިއެވެ. ނަމަވެސް އޭގެ ބަދަލުގައި ބައެއް ކައުންސިލުތަކުންވެސް ޒިންމާދާރުކަމެއް ނެތި ބޭކާރު ޚަރަދުތައް ކުރަމުންދާކަން މެމްބަރު ފާހަގަ ކުރެއްވިއެވެ. އަދި ކުރިއަށް އޮތް އިންތިޚާބުތަކަށް ތައްޔާރުވުމަށްވެސް ކައުންސިލުތަކުން ފަހު އަހަރުގެ ބޭނުންކުރާކަން މެމްބަރު ފާހަގަ ކުރެއްވިއެވެ.
އުފެއްދުންތެރިކަން އިތުރުކޮށްގެން ޤައުމަށް އާމްދަނީ ލިބޭނެ މަގެއް ނުވަތަ ނިޒާމެއް ޤާއިމު ކުރަންވީ، އޭރުން އޭގެ ނަތީޖާ ދުރު މުސްތަޤުބަލުގައި ފެންނާނެ.
މީގެ އިތުރުން، މެމްބަރުންގެ މުސާރަ ބޮޑުކުރުމަށް 20 ވަނަ މަޖިލީހުން މަސައްކަތްތަކެއް ނުކުރާކަން ފާހަގަ ކުރައްވައި މެމްބަރު ވިދާޅުވީ، މެމްބަރުންގެ މުސާރަ ބޮޑު ކުރުމަކީ އޭނާވެސް ތާއީދު ކުރައްވާ ކަމެއް ނޫންކަމަށެވެ. އޭގެ ބަދަލުގައި މިހާރަށްވުރެވެސް މުސަރަ ކުޑަކުރަން ޖެހޭކަމަށް ޤަބޫލު ކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.
އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ އަދިވެސް ކުޑަކުރަންވީ.
އެކަމުގެ ސަބަބެއްގެ ގޮތުގައި މެމްބަރު ފާހަގަ ކުރެއްވީ އިޤްތިސާދީ ގޮތުން ޤައުމުގެ ޙާލަތު ގޯސްވާނަމަ އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތަކެއްގައި މަޖިލީހުގެ މެމްބަރުންވެސް ބައިވެރިވާން ޖެހޭނެކަމަށް ޤަބޫލު ކުރެވުމެވެ.
މެމްބަރު ވިދާޅުވީ، ދައުލަތާއި ރައްޔިތުންގެ ހެވާއި ލާބައަށް ކުރެވޭ މަސައްކަތްތަކަށް ސަރުކާރުން އަބަދުވެސް އިސްކަން ދޭނެކަމަށެވެ.
”މަޖިލީހުގެ މެމްބަރުންގެ މުސާރަ އަދިވެސް ކުޑަކުރަންވީ“ : މެމްބަރު އިބްރާހިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ