ޕްރެސިޑެންޝިއަލް ޔޫތު އެޑްވައިޒަރީ ބޯޑުން އިންތިޒާމުކޮށްގެން ބާއްވާ ޚާއްސަ ބާބަކިއުއެއް މިއަދު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބާބަކިއު ސަރަހައްދުގައި ބޭއްވުމަށް ނިންމައިފިއެވެ. މި ހަރަކާތް ކުރިއަށް ދާނީ ހަވީރު 17:30 އިން ފެށިގެން 19:00 އާ ހަމައަށެވެ.
މި ބާބަކިއު އިންތިޒާމު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މި ހަރަކާތް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންގެ މަޖިލީހުގެ ވަކި އިންސައްތައެއް 30 އަހަރުން ދަށުގެ ޒުވާނުންނަށް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމާ ގުޅިގެން އެކަން ފާހަގަކުރުމެވެ.
ރައީސް މުއިއްޒު ވަނީ މަޖިލީހުގެ ގޮނޑިތަކުގެ ތެރެއިން ވަކި މިންވަރެއް ޒުވާނުންނަށް ޚާއްސަކުރުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެންނަވާނެ ކަމަށް ވިދާޅުވެފައެވެ. މިއީ ޒުވާނުން ސިޔާސީ ދާއިރާއަށް ނެރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ޔޫތު އެޑްވައިޒަރީ ބޯޑުން ދެކެއެވެ.
ޕްރެސިޑެންޝިއަލް ޔޫތު އެޑްވައިޒަރީ ބޯޑުން ވަނީ މި ބާބަކިއުގައި ވީހާވެސް ގިނަ ޒުވާނުންނާއި، ޖުމްލަކޮށް ހުރިހާ ދިވެހި ރައްޔިތުން ބައިވެރިވުމަށް އާންމުކޮށް ދައުވަތު އަރުވާފައެވެ.
ޒުވާނުންނަށް ޚާއްސަ ކޮއްގެން ބާއްވާ ބާބަކިއު މިއަދު ހަވީރު ހުޅުމާލެ ފޭސް 2ގައި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ