ތޮއްޑޫ ވަނީ އަޒަރުބައިޖާން އާއި ޖޯޖިއާގައި އޮތް އިވެންޓެއްގައި ބައިވެރިވެފަ އެވެ. މި ދެ އިވެންޓުގައި ތޮއްޑޫން 18 ގެސްޓްހައުސްއެއް ބައިވެރިވި އެވެ.
ރާއްޖޭގެ ދެވަނައަށް އެންމެ ގިނަ ޓޫރިސްޓް އެނދުހުރި ތޮއްޑޫގެ ގިނަ އަދަދެއްގެ ގެސްޓްހައުސްތަކުން އަޒަރުބައިޖާން އާއި ޖޯޖިއާގައި ޓޫރިޒަމް އިސްތިހާރުކޮށްފި އެވެ.
ގެސްޓްހައުސް އަދި ހޮޓާ ޖަމިއްޔާ އިން ލިބުނު ފުރުސަތެއްގައި އަޒަރުބައިޖާ އާއި ޖޯޖިއާގައި ބޭއްވި ރޯޑްޝޯވް ތަކެއްގައި ތޮއްޑޫގެ 18 ގެސްޓްހައުސްއަކުން ވަނީ ބައިވެރިވެފަ އެވެ. މިއީ ޓޫރިސްޓުން ފޮނުވާ ޓްރެވަލް އެޖެންޓުންނާއެކު ބައްދަލުކޮށް އެއްބަސްވުންތައް ހަދަން ބޭއްވި ވިޔަފާރީގެ ބައްދަލުވުމެކެވެ.
ތޮއްޑޫ ކައުންސިލުން ބުނީ ޖޯޖިއާގައި ރޯޑްޝޯވް ބޭއްވީ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ. އަދި އަޒަރުބައިޖާންގެ ބަކޫގައި އިވެންޓް އޮތީ 20 ވަނަ ދުވަހު އެވެ. މި އިވެންޓުގައި ތޮއްޑޫ ބައިވެރިވީ ބައެއް ސުވެނިޔަ އާއި ދިވެހި ލުއި ކާނާ ފަދަ ތަކެތި ހިފައިގެންނެވެ. އެހެންވެ ގިނަ ބައެއްގެ ޝައުގުވެރިކަން ވަނީ ލިބިގެން ގޮސްފަ އެވެ.
އެ ބުނީ ފެއާގައި 22 ގެސްޓްހައުސްއަކުން ފުރަތަމަ ނަން ނޯޓް ކުރިނަމަވެސް ހަތަރު ގެސްޓްހައުސްއަކުން އެންމެފަހު ވަގުތު ނަން ނަން ނެގުމުން ބައިވެރިވެފައިވަނީ 17 ގެސްޓްހައުސްއަކުންނެވެ. އެ ކައުންސިލުން ބުނީ ރޯޑްޝޯގެ މޭޒު ނަގަން 2،400 ޑޮލަރު ދައްކަން ޖެހުނުއިރު ދެ މީހެއްގެ ޓިކެޓު ހިމެނޭހެން 4818 ޑޮލަރު ނަގަން މަސައްކަތް ކުރެވުނެވެ. ނަމަވެސް އެންމެފަހު ވަގުތު ބައެއް ފަރާތްތަކުން ނަން އަނބުރާ ގެންގޮސްފައިވާތީ އެދަދު ހަމައެއް ނުކުރެވުނެވެ. އެގޮތުން މި ދަތުރުގައި ބައެއް ގެސްޓްހައުސްތަކުން 219 ޑޮލަރު ދެއްކިއިރު ބައެއް ތަންތަނުން 220 ޑޮލަރު ދެއްކި ކަމަށް ތޮއްޑޫ ކައުންސިލުން ބުނެފައިވެ އެވެ.
އެ ކައުންސިލުން ބުނީ މި ފެއާގައި ބައިވެރިވާން ތައްޔާރު ކުރާ ވީޑިއޯއާއި މޭޒުމަތީގައި ބަހައްޓާ އައިޕެޑްގައި އަޅުވާ ވީޑިއޯ އަދި ގިފްޓް ކާޑުފަދަ ތަކެތި ތައްޔާރު ކުރަން ޖެހުނެވެ. އެ ކައުންސިލުން ވަނީ މި ދަތުރުގެ ހަރަދު ތަފުސީލާއެކު ހާމަކޮށްފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ދެވަނައަށް އެނދު ގިނަ ރަަށް ތޮއްޑޫގެ ގެސްހައުސްތައް އަޒަރުބައިޖާން އާއި ޖޯޖިއާއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ