އެސްޓީއޯއިން ވިއްކާ ޕެޓްރޯލްގެ އަގަށް ގާތްގަނޑަކަށް ބައި ރުފިޔާގެ ހެޔޮވުމެއް

މި ބަދަލާއެކު ކުރިން 13.98ރ. އަށް ވިއްކަމުން ދިޔަ ޕެޓްރޯލް ލިޓަރަކުން 0.48ލ. ހެޔޮކޮށް މިހާރު 13.50ރ. އަށް ލިބޭނެ އެވެ.
ރާއްޖޭގެ އާއްމު ބާޒާރުގައި އެންމެ ޑިމާންޑް ބޮޑު ޕެޓްރޯލް ލިޓަރަކުން ގާތްގަނޑަކަށް ބައި ރުފިޔާގެ ހެޔޮވުމެއް އެސްޓީއޯ އިން ގެނެސްފި އެވެ. 
އެސްޓީއޯ އިން ބުނީ ކުރިން 13.98ރ. އަށް ވިއްކަމުން ދިޔަ ޕެޓްރޯލް ލިޓަރަކުން 0.48ލ. ހެޔޮ ކުރުމާއެކު ޕެޓްރޯލްގެ އަގު 13.50ރ. އަށް ލިޓަރެއް ވިއްކަން ފަށާފައިވާ ކަމަށެވެ. 
ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ ކުންފުނި އެސްޓީއޯއިން އެންމެފަހުން ތެލުގެ އަގަށް ބަދަލު ގެނެސްފައިވަނީ މިދިޔަ އަހަރުގެ މެއި 24 ވަނަ ދުވަހު އެވެ. އެ ދުވަހު ޕެޓްރޯލް ލީޓަރަކުން 30 ލާރި ވަނީ ހެޔޮކޮށްފައިވެ އެވެ. އެ ބަދަލާއެކު އެ ދުވަހުގެ ނިޔަލަށް ޕެޓްރޯލް ވިއްކަމުން ގޮސްފައިވަނީ ޕެޓްރޯލް ލީޓަރެއް 13.98ރ. އަށެވެ. 
ދުނިޔޭގެ ބާޒާރުގައި މިވަގުތު ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ހުރީ 68.28 ޑޮލަރަށެވެ. މިދިޔަ ހަފުތާގެ ކުރީގައި ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި ދަށްވަމުން ދިޔަނަމަވެސް އިސްރާއިލުން ގާޒާއަށް ހަމަލާން ދިނުމާ ގުޅިގެން ޔަމަނުގެ ހޫތީން ރަތްކަނޑުގައި ހަމަލާތައް ފެށުމުން ތެލުގެ ބާޒާރަށް ވަނީ ނުތަނަވަސްކަން ލިބިފަ އެވެ. ހޫތީންގެ ހަމަލާއާއެކު އެމެރިކާއިން ޔަމަނުގެ ސަނާގެ އެކި ސަރަހައްދުތަކަށް ހަމަލަ ދިނުމުމުގެ ސަބަބުން އޭރު 68.19 ޑޮލަރަށް ހުރި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 1.5 ޕަސެންޓުގެ ބޮޑުވުމެއް އައިސްފަ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ