ހުލާސާކޮށް އިއްޔެ: މާލޭން ކަރަންޓު ކެނޑުން ޕީއެންސީގެ މަޖިލީސް މެންބަރުންނަށް ބޮޑު ކަމަކަށް ނުވި ހުލާސާކޮށް އިއްޔެ: މާލޭން ކަރަންޓު ކެނޑުން ޕީއެންސީގެ މަޖިލީސް މެންބަރުންނަށް ބޮޑު ކަމަކަށް ނުވި

އެއާޕޯޓު ހިމެނޭހެން މާލެ އާއި ހުޅުމާލެއިން އާދީއްތަ ދުވަހު ކަރަންޓު ކެނޑި ސިއްހީ ހިދުމަތަށާއި މުއާސަލާތީ ހިދުމަތްތަކަށް ބުރޫ އަރައި ވިޔަފާރިތައް ހުއްޓުމަކަށް އައި މައްސަލަ ދިވެހި ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުޅުމާލެ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، އަހުމަދު ޝަމްހީދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކޮށްލަން ފުރުސަތު ދޭން ވެސް ޕީއެންސީ މެންބަރުން އިއްޔެ ބޭނުމެއް ނުވި އެވެ.
ޝަމްހީދު ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލަން 43 މެންބަރުން ވޯޓުދެއްވި އެވެ. އެ މައްސަލަ މަޖިލީހަށް ބަލައިގަންނަން ވޯޓު ދެއްވީ ނުވަ މެންބަރުންނެވެ. އެކަމަކު ވެރިކަން ހިންގާ ޕާޓީގެ އަހުމަދު އަޒާން ވޯޓު ދެއްވީ މައްސަލަ ބަލައިގަތުމަށެވެ.
އާދީއްތަ ދުވަހު މާލޭން ކަރަންޓު ކެނޑުނު މައްސަލަ ޖިނާއި ތުހުމަތެއްގެ ގޮތުގައި ބަލާއިރު، އަދި އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފައި އޮތްއިރު ވެސް، ޕީއެންސީގެ މެންބަރުންނަށް އެކަން ބޮޑު ކަމަކަށް ނުވި އެވެ.
ޝަމްހީދު ހުށަހެޅުއްވި ކުއްލި މައްސަލަ އަށް ބަހުސް ކުރަން ފެނިވަޑައިގެންނަވާ ކަމަށް މާލޭ މެންބަރުންގެ ތެރެއިން ވޯޓު ދެއްވީ އެމްޑީޕީއަށް ނިސްބަތްވާ ތިން މެންބަރުން އެކަންޏެވެ.
ކުއްލި މައްސަލައިގައި ބުނެފައި ވަނީ ގްރޭޓާ މާލެ ސަރަހައްދުން އެއްކޮށް ކަރަންޓު ދިޔުމަކީ މީގެ ކުރިން ހިނގާފައިވާ ކަމެއް ނޫން ކަމަށެވެ. އަދި އެގޮތަށް ކުއްލިއަކަށް މުޅި މާލެއިން ކަރަންޓު ދިޔުމަކީ ސިއްހީ ހިދުމަތްދޭ ތަންތަނުން ފަރުވާ ހޯދަމުންދިޔަ މީހުންނަށާއި އެތަނުގައި ބޭނުންކުރާ އާލާތްތަކަށް ގެއްލުންވާނެ ކަމެއް ކަމަށް އެ މައްސަލައިގައި ބުނެފައިވެ އެވެ.
އޭގެއިތުރުން މުޅި މާލެ ސަރަހައްދުން ކަރަންޓު ދިޔުމުގެ ސަބަބުން މި ސަރަހައްދުގައި ހިންގާ ވިޔަފާރިތަކަށް ގެއްލުންވެ، އެއާޕޯޓު ހުއްޓުމަކަށް އައުމުގެ ސަބަބުން އެތައް ފަތުރުވެރިންނެއްގެ ދަތުރުފަތުރަށް ބުރޫ އަރާފައިވާކަން ޝަމްހީދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވެ އެވެ.
އެ ކުއްލި މައްސަލައިގައި އެދިފައި ވަނީ މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލައާ ބެހޭ ގޮތުން މަޖިލީހުގައި ބަހުސްކޮށް އެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށެވެ.
އެއާޕޯޓު ހިމެނޭހެން މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުނީ އާދީއްތަ ދުވަހު މެންދުރު 12:30 ހާއިރު އެވެ. އޭގެ ފަސްގަޑިއިރު ފަހުން އިއްޔެ އިރުއޮއްސުުނުފަހުން ވަނީ މާލެ ސަރަހައްދަށް އެއްކޮށް ކަރަންޓުގެ ހިދުމަތް އަލުން ދީފަ އެވެ. މިއީ މިފަހުގެ ތާރީހުގައި ވެސް މުޅި މާލެ ސަރަހައްދުން އެންމެ ގިނަ ވަގުތަށް ކަރަންޓު ކެނޑުނު ފުރަތަމަ ފަހަރެވެ.
މުޅި މާލެ އެއްކޮށް ކަރަންޓު ކެނޑޭން މެދުވެރިވީ ކީއްވެގެން ކަމެއް މިހާތަނަށް ސްޓެލްކޯއިން ހާމަކޮށްފައި ނުވެ އެވެ. ނަމަވެސް، އެއްވެސް އިންޖީނަކަށް ނުވަތަ ޓްރާންސްފޯމަރަކަށް ބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެ ކުންފުނިން ހާމަކޮށްފައި ވެ އެވެ.
- ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ އަދި ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެނވޭ.
- ވައި ޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލަށް. ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން 5 މޭލާއި 15 މޭލަށް. ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް.
- އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ވަރަށް ގަދަވާނެ. ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ. ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ.
- ރާޅުގެ އުސްމިން ދެކުނުގެ އަތޮޅުތަކުގައި ހުންނާނީ 2 މޭލާއި 5 ފޫޓު އުސްމިނުގައި. އުތުރާއި މެދުރާއްޖެތެރެއަށް 3 ފޫޓާއި 6 ފޫޓު
މުހިއްމު ބައެއް ހަބަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ