އިޒްރޭލުގެ އަނިޔާވެރި ސަރުކާރުން ފަލަސްތީނުގެ ރައްޔިތުންނަށް އެތައް ގޮތަކުން ދަނީ އަނިޔާވެރިވަމުންނެވެ.
ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަނގުރާމަވެރިންނަކީ ”ނިރުބަވެރިން“ގެ ގޮތުގައި ސިފަކޮށް، ޣައްޒާގެ އެތަން މިތަނަށް ހަމަލާ ދެމުން އަންނައިރު، މި ހަމަލާތަކުގެ ޝިކާރައަކަށް ހަދަނީ އެއްވެސް ކުށެއް ނެތް މައުސޫމް ތުއްތު ކުދިންނާއި އަންހެނުންނެވެ.
ހަމާސް ޖަމާއަތުން އިޒްރޭލުގެ އަސީރުން ދޫނުކުރާތީ ކަމަށް ބުނެ، މާޗު މަހުގެ ދެވަނަ ދުވަހުން ފެށިގެން ޣައްޒާ އަށް ކާބޯތަކެތި އެތެރެ ކުރެވޭނެހާ މަގުތައް އެވަނީ ބަންދުކޮށްފައެވެ. ފިތުރު އީދު ބައްދަލުކުރިއިރު، ޣައްޒާގެ ނިކަމެތި ރައްޔިތުން ތަހައްމަލު ކުރަމުން އެދަނީ ބަނޑުހައިހޫނުކަމެވެ.
ފުށާއި ތެޔޮ ހުސްވުމުގެ ސަބަބުން ޣައްޒާގައި ހިންގަމުންދިޔަ ހުރިހާ ބޭކަރީތައް ވެސް ބަންދުކޮށްފައިވާއިރު، ބޭސް ވެސް ބަހަމުންދަނީ އެންމެ ބޭނުންވާނެ މީހާއަށް އެކަނި ދެވޭނެ ގޮތަކަށް ބަލައިގެންނެވެ.
ބޭސް ލިބުން ދަތިވެ، ބަލިމަޑުކަން ވެސް ދަނީ އިތުރުވަމުންނެވެ. ތުއްތު ކުދިންނަށް ދޭނެ ނެޕީއެއްވެސް ނުލިބެއެވެ.
ޣައްޒާއަށް އެހީދޭ އެޖެންސީތަކުން ދަނީ، ކާބޯތަކެއްޗާއި، ސިއްހީ ވަސީލަތްތަކާއި، ސާފުތާހިރުވުމަށް ކޮންމެހެން ބޭނުންވާނެ ތަކެތި އެތެރެ ކުރުމުގެ ހުއްދަ ދިނުމަށް އިޒްރޭލަށް ގޮވައިލަމުންނެވެ.
ފުށާއި ތެޔޮ ހުސްވެ، ޣައްޒާގެ ބޭކަރީތައް ބަންދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ