ދެކޮޅުވެރިކަމުގެ އަލިފާން ރޯކުރާ ޖާހިލަކަށް، ގައުމެއްގެ ރައްޔިތުން އެއްގަލަކަށް ނޭރުވޭނެ: ހުތުބާ ދެކޮޅުވެރިކަމުގެ އަލިފާން ރޯކުރާ ޖާހިލަކަށް، ގައުމެއްގެ ރައްޔިތުން އެއްގަލަކަށް ނޭރުވޭނެ: ހުތުބާ

ދެކޮޅުވެރިކަމުގެ އަލިފާން ރޯކުރާ ޖާހިލަކަށް، ގައުމެއްގެ ރައްޔިތުން އެއްގަލަކަށް ނޭރުވޭނެ ކަމަށް މަސްޖިދުއް ނަބަވީގެ އިމާމް އަދި ހަތީބު ޑރ. ސަލާހުލް ބުދައިރު މިއަދު ދެއްވި ހުތުބާގައި ވިދާޅުވެއްޖެ އެވެ.
ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގެން ހުންނެވި މަސްޖިދުއް ނަބަވީގެ އިމާމު މިއަދު އިމާމުވެ ހުކުރު ކުރެއްވީ އިސްލާމީ މަރުކަޒުގަ އެވެ. ހުތުބާގައި އިމާމު ވިދާޅުވީ، ދެބަސްވުމާއި ދެކޮޅުވެރިކަމުގެ އަލިފާން ރޯކުރާ ޖާހިލަކަށް، ގައުމެއްގެ ރައްޔިތުން އެއްގަލަކަށް ނޭރުވޭނެ ކަމަށެވެ.
"އެންމެ ނުބައި މީހަކީ، އެ މީހެއްގެ ޤައުމު ހަރާބުކޮށް، އަމާންކަމާއި ސަލާމަތްކަން ނަގައިލައި، އަމިއްލަ މީހުންނާ ދެކޮޅަށް ހަނގުރާމަކުރާ މީހާ. ދެބަސްވުމާއި ދެކޮޅުވެރިކަމުގެ އަލިފާން ރޯކުރާ ޖާހިލަކަށް، ގައުމެއްގެ ރައްޔިތުން އެއްގަލަކަށް ނޭރުވޭނެ،" ހުތުބާގައި ވިދާޅުވި އެވެ.
އޭގެ އިތުރުން، ގައުމު އެއްގަލަކަށް ނޭރުވެނެ މީހުންގެ ކިބައިގައި ހުންނާނެ ސިފަތަކެއް އިމާމު ވިދާޅުވި އެވެ.
އޭގެތެރޭގައި، ހިމެނެނީ ހަރުކަށިކަމާއި, ނަފުރަތުން މީސްތަކުން ދީނާ ދުރުކުރާ މީހުންނާއި، މީސްތަކުންނާ ހުތުބަހުން މުހާތަބުކޮށް އަނިޔާވެރިވާ މީހުންނާއި، މީސްތަކުންގެ ހިތްތަކުގައި ނަފުރަތުގެ އޮށްތައް އިންދައި، އެބައިމީހުންގެ ބަދަހި ސަފުތައް ވިސްސިވިހާލި ކޮށްލާ މީހުންނާއި، ތަންދޮރު ނުދަނެ ތިބެ ފަތުވާދީ އުޅޭ މީހުންނާއި، އަނިޔާވެރިކަމާއި ފާޖިރުމަކުން ސިފަލިބިގެންވާ މީހުންނެވެ.
"އަދި، ފަހެ ފުރެދުމާއި، ފަސާދައާއި، އިލްހާދަށް ގޮވައިލައި، މުސްލިމުން ބައިބައިކޮށް ދެކޮޅުވެރިކަން އުފައްދާ މީހުންނާމެދު ތިޔަބައިމީހުން ބިރުވެތިވާށެވެ،" ޑރ. ބުދައިރު ވިދާޅުވި އެވެ.
މީގެއިތުރުން، އެހެން މީހުންގެ އަބުރަށް އަރައިގަނެ އެހެން މީހުން ފަލީހަތް ކުރަން ބަޔަކު ނުކުމެއްޖެނަމަ މާތް ﷲ އެމީހަކު ފަލީހަތްކުރައްވާނެ ކަމަށްވެސް ނަބަވީގެ އިމާމު ވިދާޅުވި އެވެ.
"އެހެން މީހަކަށް ހެޔޮކަމެއް ލިބޭން ނޭދޭ މީހާ ހެޔޮކަމުން މަހްރޫމުކުރައްވަތެ. މީހަކަށް ދަތިކޮށްފި މީހާއަށް ދަތިކުރައްވާ ހުއްޓެ. އެހެން މީހަކަށް މަކަރު ހަދައި ކެހިދީފި މީހަކަށް އެކަމާ އެއްފަދަ ސަޒާ ދެއްވާހުއްޓެ. އަޅާ މީހަކާ މުއާމަލާކުރާ ގޮތަކަށް، ދުނިޔެއާއި އާހިރަތުގައި ވެސް މާތް ﷲ އޭނާއާ މުއާމަލާ ކުރައްވާ ހުއްޓެ" އަރަބި ބަހުން ދެއްވި ހުތުބާގައި އިމާމު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ