މާލެ ސަރަހައްދުގައި އިއުތިކާފަށް ތިބުމަށް 16 މިސްކިތެއް

މާލެ ސަރަޙައްދުގައި އިޢުތިކާފަށް ތިބުމަށް 16 މިސްކިތެއް ހަމަޖައްސާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ ރަމަޟާން މަހު މާލޭ ސަރަހައްދުގެ މިސްކިތްތަކުގެ ތެރެއިން ދަމު ނަމާދު ކުރުމާއި އިއުތިކާފަށް ތިބުމަށް މިސްކިތްތައް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން މާލެ ސަރަޙައްދުގެ 32 މިސްކިތެއްގައި ދަމުނަމާދު ކުރުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. އަދި 16 މިސްކިތެއްގައި އިއުތިކާފަށް ތިބުމުގެ އިންތިޒާމު ހަމަޖައްސާފައި ކަމަަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
* ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް ބެހިފައިވާ ގޮތް:
މާލޭގެ 18 މިސްކިތެއްވިލިމާލޭ 3 މިސްކިތެއްހުޅުމާލެ ފޭސް އެކެއްގެ 8 މިސްކިތެއްހުޅުމާލެ ފޭސް ދޭއްގެ 2 މިސްކިތެއް
* އިއުތިކާފަށް ހަމަޖެހިފައިވާ މިސްކިތްތައް ބެހިފައިވާ ގޮތް:
މާލޭގެ 8 މިސްކިތެއްވިލިމާލޭގެ 1 މިސްކިތްހުޅުމާލެ ފޭސް އެކެއްގެ 5 މިސްކިތެއްހުޅުމާލެ ފޭސް ދޭއްގެ 2 މިސްކިތެއް
ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހުގެ 10 މިސްކިތްތަކުގައި އިއުތިކާފަށް ތިބުމަށާއި ދަމު ނަމާދަށް ތިބެވޭނެ އިންތިޒާމުތައް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ