ހުޅުމާލޭގައި ވެސް މާރާމާރީއެއް، ހައްޔަރު ކުރަން އުޅުމުން ފުލުހެއްގެ ގައިގައި ކާރުން ޖައްސާ ފިލައިފި

ކާރު ހުއްޓުވަން މަސައްކަތް ކުރުމުން ފުލުސް މީހާގެ ގައިގައި ކާރުން ޖައްސާ ކާރުގައި ތިބި ދެ މީހުން ފިލާފައިވާ ކަމަށެވެ. ނަމަވެސް އެތަނުން އެކަކު މިހާރު ވަނީ ހައްޔަރު ކޮށްފަ އެވެ.
ހުޅުމާލޭގައި މާރާމާރީއެއް ހިންގާ މީހަކު ޒަހަމުކޮށްލައިފި އެވެ.
ފުލުހުން ބުނީ ހުޅުމާލެ ފިލިގަސް މަގުގައި މާރާމާރީއެއް ހިނގި ކަމުގެ ރިޕޯޓް ރޭ ފަތިހު ލިބިފައިވާ ކަމަށެވެ. މާރާމާރީ ހިންގި ސަރަހައްދަށް ފުލުހުން ދިއުމުން މާރާމާރީ ހިންގި މީހާ އެ ސަރަހައްދުގައި އޮތް ކާރަކަށް އަރައިގެން ފިލަން މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.އަދި ކާރު ހުއްޓުވަން މަސައްކަތް ކުރުމުން ފުލުސް މީހާގެ ގައިގައި ކާރުން ޖައްސާ ކާރުގައި ތިބި ދެ މީހުން ފިލާފައިވާ ކަމަށެވެ. ނަމަވެސް އެތަނުން އެކަކު މިހާރު ވަނީ ހައްޔަރު ކޮށްފަ އެވެ. އަނެއް މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.މާރާމާރީގައި އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލާފަ އެވެ.
ރޭ ވެސް މާލޭގައި ވަނީ މާރާމާރީއެއް ހިންގާފަ އެވެ. މީހަކު ޒަހަމު ވެސް ކޮށްލި އެވެ. އަދި މާރާމާރީ ހިންގުމުގެ ތުހުމަތަށް ހަތަރު މީހަކު ހައްޔަރު ކުރި އެވެ. އެއީ ހަތަރު ދިވެހީންނެވެ.ފުލުހުން ބުނީ މިއަދު މެންދުރު ވެސް މާލޭގައި މާރާމާރީއެއް ހިންގާފައިވާ ކަމަށެވެ. 12:45 ހާއިރު މާރާމާރީ ހިންގީ ޝަހީދު އަލީ މިސްކިތް ކައިރީގަ އެވެ.މާރާމާރީގައި ދެ މީހަކު ވަނީ ޒަހަމުކޮށްލާފަ އެވެ. އެ ދެ މީހުންނަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ.މާލޭގައި މާރާމާރީ އިތުރުވެފައި މިވަނީ ކުރީ އީދު ގައި ވެސް ސިލްސިލާ މާރާމާރީތަކެއް ހިންގާފައި ވަނިކޮށެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ