މުލަކު ހޭޅިފަށުން ރާފުޅިތަކެއް ހޯދައިފި

މ. މުލަކުގެ ހޭޅިފަށުގައި ފޮރުވާފައި ހުރި ރާފުޅިތަކެއް ފުލުހުން ހޯދައިފި އެވެ.
ފުލުހުން ބުނީ އެ ރަށަށް ބަނގުރާ އެތެރެކުރާ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ފުޅިތަކެއް ފެނުނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ކަމަށެވެ.
އެ އޮޕަރޭޝަނުގައި ރަށު ބަނދަރާދިމާ ހޭޅިފަށް ބަލައިފާސްކުރި އިރު ފޮށިގަނޑެއްގައި ހުރި 20 ފުޅި ބަނގުރާ ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރު ނުކުރި ނަމަވެސް މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ