ވިސްނުން ބަދަލުކޮށް، ޒަވީ ބާސާގައި މަޑުކުރަން ނިންމައިފި ފްރެންޗް ލީގު: ޑެމްބެލޭއާއި އެމްބާޕޭގެ ލަނޑުތަކުން ޕީއެސްޖީ މޮޅުވެ، 13 ޕޮއިންޓުގެ ލީޑެއް ޗިކުންގުންޔާ ފެތުރެމުންދާތީ ސަމާލުވުމަށް އެޗްޕީއޭ އިން އެދިއްޖެ އެހާ އަވަހަށް ވަކި މަގާމަކަށް ޝައުގުވެރިވެގެނ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން އާއި ދެކޮޅަށް ކުޅުނު މެޗުން ލިވަޕޫލް ބަލިވެއްޖެއެވެ.
އެވަޓަން ދަނޑުގައި ރޭ ކުޅުނު މި މެޗުން ލިވަޕޫލް ބަލިވީ 0-2 ގެ ނަތީޖާއިންނެވެ.
ރޭގެ މެޗު ފެށިގެންވެސް ލިވަޕޫލަށް މާ ރަނގަޅު ކުޅުމެއް ނުދެއްކުނެވެ. ލިވަޕޫލްގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 27 ވަނަ މިނެޓްގައި އެވަޓަންގެ ޒުވާން ޑިފެންޑަރު ޖެރަޑް ބްރަންތްވެއިޓް ވަނީ ލަނޑެއް ޖަހައި އެޓީމަށް ލީޑު ނަގާދީފަ އެވެ.
ފުރަތަމަ ހާފް ނިމުނީ އެވަޓަން ލީޑުގައި އޮވެގެންނެވެ. މި މެޗުގައި އެވަޓަންގެ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކުރީ މެޗުގެ 58 ވަނަ މިނެޓްގައި ފޯވާޑް ޑޮމިނިކް ކަލްވަޓް ލެވިން ކާމިޔާބުކޮށްދިން ލަނޑުންނެވެ. އޭނާ މި ލަނޑު ޖެހީ ލިވަޕޫލްގެ އޭރިއާ ތެރޭ މުޅިން ހުސްކޮށް ހުރެ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.
މުޅި މެޗަށް ބަލާއިރު، ލިވަޕޫލަށް ވެސް ވަނީ ލަނޑުޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. ނަމަވެސް މި ފުރުސަތުތަކުގެ ބޭނުން ލިވަޕޫލަށް ނުހިފުނެވެ. އެގޮތުން ޑިއާޒް ފޮނުވާލި ބާރު ހަމަލާއެއް ދަނޑި އަށް އަމާޒުވިއިރު، ހާވީ އެލިއޮޓް އަދި މުހައްމަދު ސަލާހު ފޮނުވާލި ހަމަލާތައް ދިފާއުކުރީ ކީޕަރު ޕިކްފޯޑް އެވެ.
މި ނަތީޖާއާއި އެކު ލިވަޕޫލް މިހާރު އޮތީ 34 މެޗުން ލިބުނު 74 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގަ އެވެ. އެއްވަނައިގައި 34 މެޗުން 77 ޕޮއިންޓާ އެކު އާސެނަލް އޮތްއިރު، ތިންވަނައިގައި 32 މެޗުން 73 ޕޮއިންޓު ހޯދައިގެން އޮތީ މެންޗެސްޓާ ސިޓީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ