“ރަނޑު ހަލީލާ” ޖަހައި އެޑިޓް ކޮށްފައިވާ ފޮޓޯއެއް ރައީސް އޮފީސް ކުއްޖެއްގެ ފޯނުން ފެނިގެން، އޭނާ އަށް ފިޔަވަޅު އަޅައިފި

“ރަނޑު ހަލީލް” ޖަހައި އެޑިޓް ކޮށްފައިވާ ފޮޓޯއެއް ރައީސް އޮފީސް ކުއްޖެއްގެ ފޯނުން ފެނިގެން، އޭނާ އަށް ފިޔަވަޅު އަޅައިފި ކަމުގައި ރައީސް އޮފީހުން ދިޔަވަރަށް މައުލޫމާތު ދެއްވި ފަރާތަކުން ހާމަ ކޮށްފިއެވެ. ރައީސް އޮފީހުގެ ޒުވާން ގިނަ ކުދިންނަކީ، ހަލީލުމެންގެ ދުވަސްވީ މުސްކުޅި ހަމަތައް ބަލާ ގަންނަ ބައެއް ނޫން ކަމާއި، ސޯޝަލް މީޑިޔާގައި “ރަނޑު ހަލީލާ” ކިޔަން ފެށުމުން ރައީސް އޮފީހުގެ ޒުވާން ބައެއް ކުދިންތަކަށް އެކަން މަޖާ ކަމަކަށް ވެފައިވާ ކަމަށް އޭނާ މައުލޫމާތު ދިނެވެ.
މި ގޮތުން ކުއްޖެއްގެ ފޯނުގައި އޮތް “ރަނޑު ހަލީލާ” ޖަހާފައިވާ ފޮޓޯއެއް އެހެން ބަޔަކަށް ފެނިގެން، އެކަން ހަލީލާއި ހަމައަށް ގޮސްގެން، އެކަމާއި ހިތްހަމަ ނުޖެހިގެން ފިޔަވަޅު އަޅާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ހަލީލުއަށް “ރަނޑު ހަލީލާ” ކިޔަން ފެށެފައިވަނީ މުއިއްޒު އަށް ފާޑު ކިޔާ ޚަބަރު ގެނެސް ދިނުމަކީ ރަނޑު ކަމެއް ކަމަށް ދޭހަވާހެން އަދި އެނޯނިމަސްކޮށް ޚަބަރު ގެނައުމަކީ ރަނޑު ކަމެއް ކަމަށް ދޭހަވާހެން ޕީއެސް އެމް ގައި ނޫސްވެރިންގެ ދުވަހު ވާހަކަ ދެއްކުމާއި ގުޅިގެން އާންމުންގެ ހިތްހަމަނުޖެހުން އެކަމާއި ގުޅިގެން އުފެދިގެންނެވެ.
ދިޔަވަރު ނޫހަށް “ރަނޑު ހަލީލާ” ޖަހާފައިވާ މި ފޮޓޯ ލިބިފައި ވީ ނަމަވެސް، ނޫސްވެރިކަމުގެ މިންގަނޑުގެ ތެރެއިން އެފަދަ ފޮޓޯއެއް ދިޔަވަރުންް އާންމު ކުރުމަކީ އަދި މީހުންނަށް “ރަނޑު” ކަމަށް ގޮވުމަކީ އާންމު މިންގަނޑުގެ ތެރެއިން ވެސް އަޚްލާޤީ ގޮތުން ދަށް ކަމަކަށް ވާތީ އަދި އެއީ ހަލީލުއާއި އެއް ފެންވަރަކަށް ވެއްޓުން ކަމުގައި ގަބޫލު ކުރެވޭތީ އެ ފޮޓޯ ގެނެސްދެވެން ނެތް ވާހަކަ ދެންނެވީމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ