ކުޅުދުއްފުއްޓަށް އަލުން ކަރަންޓް ދީފި

ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އާ އިންޖީނު އިންސްޓޯލްކުރުމުގެ ތެރޭގައި މިއަދު ކަރަންޓް ކެނޑިފައި ވަނިކޮށް މައްސަލަ ހައްލުކޮށް މުޅި ރަށަށް އަލުން ކަރަންޓު ދީފި އެވެ.
ފެނަކައިން ބުނީ މުޅި ރަށުން ވަނީ ޙިދުމަތް މެދުކެނޑުނީ އަލަށް ގެންދިޔަ 800 ވޯޓްބެ އިންޖީން އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރެވެމުން ދަނިކޮށް، ހިންގާފައި ހުރި އިންޖީނުތަކުގެ ތެރެއިން އެއް މެގަވޮޓް އިންޖީނެއްގެ ޑައިނަމޯއަށް ދިމާވި މައްސަލައަކާ ހެދި ކަމަޑެވެ.
ނަމަވެސް މިހާރު އެ މައްސަލަ ހައްލުކޮށް މުޅި ރަށަށް ކަރަންޓް ދީފައިވާ ކަމަށް ބުންޏެވެ.
މިދިޔަ ރޯދަ މަހުގެ ތެރޭގައި ކުޅުދުއްފުއްޓަށް ދިމާވި ކަރަންޓު ކެނޑުމުގެ މައްސަލައާ ގުޅިގެން މި މަހުގެ ކަރަންޓު ބިލުތަކުން 50 ޕަސެންޓް ޑިސްކައުންޓު ދޭން ފެނަކައިން އޮތީ ނިންމައިފަ އެވެ.
ކުޅުދުއްފުށިން އިއްޔެ ވެސް ކަރަންޓް ކެނޑުނެވެ. އެ މައްސަލަ ރޭ ހަައްލުކުރީ، ސްޓެލްކޯގެ ޓީމެއް އެ ސިޓީ އަށް ގޮސް ފެނަކައާ ގުޅިގެން ކުރި މަސައްކަތުންނެވެ. ކަރަންޓް ކެނޑޭ މައްސަލައާ ގުޅިގެން ރައްޔިތުން ކުރިން މުޒާހަރާ ވެސް ކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ