ދެކުނުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ތަޙްޤީގުކުރަނީ

ދެކުނުގެ ރަށެއްގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ އެއް ފުލުހުން ތަޙްޤީގުކުރަން ފަށައިފިއެވެ.
ފުލުހުން މިރޭ މީޑިޔާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، ހުވަދުއަތޮޅާއި، ޏ. އަދި ސ. އަތޮޅުގައި ހިމެނޭ ރަށެއްގައި ޢުމުރުން 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އޭޕްރީލް މަހުގެ 28 ވަނަ ދުވަހު ފުލުހަށް ހުށަހަޅާފައިވާކަމަށެވެ. 
ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން، ފުލުހުން އެ ކުއްޖާގެ ވަނަވަރު ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުންގެ މެސެޖުގައި އިތުރަށް ވިދާޅުވެފައިވަނީ ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކަކީ ފުލުހުން ވަރަށް ސީރިއަސްކޮށް ބަލަމުންގެންދާ މައްސަލަތަކެއް ކަމަށާ މި ފަދަ މައްސަލަތަކުގެ ތަޙްޤީގު ވަރަށް ސީރިޔަސް ކަމާއެކު ކުރިއަށް ގެންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ