"މިހާރު ދިވެހިރާއްޖޭގައި މިއޮތީ ވަަރަށް ނުރައްކާތެރި ޕްރެސިޓެންޑެއް ސުޕްރީމް ކޯޓުން ގާއިމު ކޮށްފައި. ވެރިއަކަށް ހުންނަ މީހަކު، ދެން ވާދަކުރާ މީހާ ކޮންމެ ވެސް ގޮތަކުން ދަށުކޯޓުން އެެމީހާގެ މައްޗަށް ހުކުމެއް އަންނަންވީ. ދެނެއް ނެތް އޭނާއަށް ކުރިމަތިލެވޭނެ ގޮތެއް"
ރިޔާސީ އިންތިހާބާ ދިމާކޮށް ސުޕްރީމް ކޯޓުން އެމަނިކުފާނާއި ދެކޮޅަށް ނިންމި ނިންމުމަކީ އެ ކޯޓުން ގާއިމުކުރި ވަރަށް ނުރައްކާތެރި އުސޫލެއް ކަމަށް އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ގޭ ބަންދުގައި ހުންނެވި އިދިކޮޅު ލީޑަރު މިހެން ވިދާޅުވީ ދޫވެހީގެ ކުޑަދޮރު ކައިރީ ހުންނަވާ ސަޕޯޓަރުންނާއި ވާހަކަފުޅު ދައްކަވަމުންނެވެ. މިދިޔަ މަހު އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ރައީސް ޔާމީން ފޯމް ހުށައެޅުއްވި އެވެ. ރަނިންމޭޓަކަށް އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް ހަމަޖައްސަވާ ފޯމް ހުށައެޅުއްވުމުން ކޮމިޝަނުން ނިންމީ ޖަލު ހުކުމަކާއި ސާބިތު ދަރަންޏެއް އޮތުމުން ރައީސް ޔާމީނަށް ވާދަ ނުކުރެވޭނެ ކަަމަށެވެ. އެ ނިންމުން އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށައެޅި އެވެ.ދިގުކޮށް ޝަރީއަތް ކުރިއަށް ގެންގޮސް އެ ކޯޓުން ނިންމީ އިލެކްޝަންސް ކޮމިޝަންގެ ނިންމުން ރަނގަޅު ކަމަށެވެ. އަދި އިންތިހާބުގައި ވާދަ ކުުރުމުގެ ޝަރުތު ރައީސް ޔާމީންގެ ފުރިހަމަ ނޫން ކަމަށެވެ.ޔާމީން ވިދާޅުވި ގޮތުގައި ގަސްތުގައި އެމަނިކުފާގެ އިސްތިއުނާފު ލަސް ކުރީ އެވެ. އަދި ރާވައިގެން އެމަނިކުފާނުގެ އިންތިހާބީ ހައްގު ނިގުޅައިގަތީ އެވެ. މީގެ ކުރީން ފާރިސް މައުމޫނާއި މައުމޫން އަބްދުލްގައްޔޫމާއި ގާސިމް އިބްރާހިމަށް ވެސް ކަފާލާތު ލިބިވަޑައިގެން ކަމަށާ ނަމަވެސް ރައީސް ޔާމީނާއި ޖެހުމުން އެ ހައްގު ވެސް ލިބިވަޑައިނުގެން ކަމަށް ވިދާޅުވި އެވެ. އަދި އިސްތިއުނާ ނުނިމޭތީ އިންތިހާބުތަކުގައި ވާދަކުރުމުގެ ފުރުސަތު ކުރީން ދިނުމަށް ފަހު އެ އުސޫލު ވެސް އެމަނިކުފާނާއި ޖެހުމުން ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.އެމަނިކުފާނު ވަނީ މި ފަހަރުގެ އިންތިހާބާ ދިމާކޮށް ސުޕްރީމް ކޯޓުން އެމަނިކުފާނާއި ދެކޮޅަށް ނިންމި ނިންމުމަކީ އެ ކޯޓުން ގާއިމުކުރި ވަރަށް ނުރައްކާތެރި އުސޫލެއް ކަމަށް ވިދާޅުވެފައެވެ."މިހާރު ދިވެހިރާއްޖޭގައި މިއޮތީ ވަަރަށް ނުރައްކާތެރި ޕްރެސިޓެންޑެއް ސުޕްރީމް ކޯޓުން ގާއިމު ކޮށްފައި. ވެރިއަކަށް ހުންނަ މީހަކު، ދެން ވާދަކުރާ މީހާ ކޮންމެ ވެސް ގޮތަކުން ދަށުކޯޓުން އެެމީހާގެ މައްޗަށް ހުކުމެއް އަންނަންވީ. ދެނެއް ނެތް އޭނާއަށް ކުރިމަތިލެވޭނެ ގޮތެއް، ވަރިހަމަ އެމީހަކު ކުށެއް ކުރިޔަސް ނުކުރިޔަސް. ހަމަ ދަށު ކޯޓުން ހުކުމެއް އަންނަންވީ އޭނާއަށް އިސްތިއުނާފުގެ މުއްދަތު ހަނިވާ ގޮތަށް،"ކޯޓްގެ އެ ނިންމުމާއެކު އިންތިހާބަށް ތިން ހަތަރު މަހަށް ވުމުން ވާދަވެރިޔާގެ މައްޗަށް ހުކުމެއް ކޮށް އިންތިހާބުން ފުރުސަތު ގެއްލުވާލުމުގެ ދޮރު އޮތީ ހުޅުވައިދީފައި ކަމަށް ޔާމީން ވިދާޅުވި އެވެ."އެކަަމަކު މިފަހަރުވެސް ﷲ ގެ ރަހްމަތުން ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، އަޅުގަނޑު ނުކުންނާނީ އިސްތިއުނާފު މަރުހަލާ ނިމިގެން މައުސޫމް މީހެއްގެ ގޮތުގައި،" ހައިކޯޓް މަރުހަލާއިން ސަލާމަތް ވެވަޑައިގަންނަވާނެ ކަމަށް ވަރަށް އިތުބާރާއެކު ވިދާޅުވި އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ސުޕްރީމްް ކޯޓުން ހުޅުވައިދިނީ ނުބައި ދޮރެއް: ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ