ބޮޑު ސަރަހައްދެއްގެ މޫސުން ދެނެގަނެވޭ ރާޑަރު އަލުން ބޭނުންކުރަން ފަށައިފި
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގައި ބޭނުންކުރާ ޑޮޕްލަރ ވެދަރ ރާޑާރު މަރާމާތުކުރުމަށްފަހު އަލުން ބޭނުންކުރަން ފަށައިފިއެވެ. ޑޮޕްލަރ ވެދަރ ރާޑަރަށް ދިމާވި ޓެކްނިކަލް މައްސަލައެއް ހައްލު ނުކުރެވި ގިނަދުވަސްތަކަކަށްފަހު މިއަދު ބޭނުންކުރަން ވަނީ ފަށާފައި އެވެ.މެޓްގެ ޑޮޕްލާ ވެދާ ރާޑަރަކީ ރާއްޖޭގެ މޫސުމާ ބެހޭ މައުލޫމާތު އެއްކޮށް، ދުރާލާ އަންދާޒާ ކުރުމަށް ބޭނުންކުރާ ވަރަށް މުހިންމު ވަސީލަތެކެވެ. އެކަމަކު، އެއަށް ޓެކްނިކަލް މައްސަލައެއް ދިމާވެ، ބޭނުން ނުކުރެވި ހުންނަތާ މިހާރު ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.މެޓް އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ މަރާމާތަށް ފަހުގައި މި ރާޑަރު އަލުން ބޭނުންކުރަން ފެށިކަން އިއުލާންކޮށްފަ އެވެ. އެ ރާޑަރު ބޭނުން ކޮށްގެން ހުޅުލެއިން ފެށިގެން ގާތްގަނޑަކަށް 250 ކިލޯމީޓަރުގެ ރޭޑިއަސްގެ މޫސުމާ ބެހޭ މައުލޫމާތު ވަގުތުން ވަގުތަށް ދެނެގަނެވޭނެ ކަމަށް މެޓް އޮފީހުން ބުންޏެވެ."މި ރާޑަރުގެ އެހީގައި، ވާރޭ ވެހެމުންދާ ސަރަހައްދާއި ވާރޭ ވެހޭ ބޯމިން، ވާރޭބެހޭ ވިލާގަނޑު ދަތުރު ކުރަމުންދާ މިސްރާބާއި ބާރުމިން ފަދަ މައުލޫމާތުތައް ބަލައިލެވި ވިލާގަނޑު ވަކި ސަރަހައްދަކަށް ލައްވާލާނެ ކަމަށް އަންދާޒާ ކުރެވޭ ދެނެގަނެވޭނެ އެވެ." އެ އިއުލާނުގައި ބުނެފައިވެ އެވެ.މެޓް އޮފީހުން ބުނީ އެ މައުލޫމާތަކީ ވައިގެ ދަތުރުފަުތުގެ ސަލާމަތާއި ރައްކާތެރި ކަމަށް ފޯރުކޮށްދެވޭ ވަރަށް މުހިންމު މައުލޫމާތުތަކަކަށް ވެގެންދާނެ ކަމަށެވެ.އެ ރާޑަރު ހަލާކުވިޔަ ނުދީ ގިނަ ދުވަހު ބޭނުން ކުރެވޭ ގޮތަށް މަރާމާތު ކުރުމާއި ރާޑަރު ނެޓްވޯކް ފުޅާކޮށް ރާއްޖޭގެ ދެކުނާއި އުތުރުގައި ވެސް ރާޑަރުތަކެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ އޮފީހުން ބުންޏެވެ.މެޓް އޮފީހުން ބުނީ މި ރާޑަރު ނެޓްވޯކް ފުޅާކޮށް ރާއްޖޭގެ އުތުރާއި ދެކުނުގައި ވެސް ރާޑަރު ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.މެޓް އޮފީހުގެ ސްޓޭޝަންތައް މިހާރު ވެސް ރާއްޖޭގެ ފަސް ރަށެއްގައި ހުރެ އެވެ. އަދި ވާރޭ ވެހޭ މިންވަރާއި ވައި ޖެހޭ މިންވަރު ބެލުމަށްޓަކައި އެކި ރަށްރަށުގައި ވެސް ސިސްޓަމްތައް ބަހައްޓާފައި ހުރެ އެވެ.މި ޑޮޕްލާ ވެދާ ރާޑަރު ހުޅުލޭގައި ބެހެއްޓީ 2007 ވަނަ އަހަރު އެވެ. މި ރާޑަރަށް 2008 ވަނަ އަހަރު ވެސް މައްސަލަތަކެއް ޖެހި ވަރަށް ގިނަ އަހަރުތަކެއް ވަންދެން ބޭނުންނުކޮށް ހުއްޓެވެ. އެހެން ހުއްޓައި އެ މަރާމާތުކޮށް އަލުން ބޭނުންކުރަން ފެށީ 2017 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ