މިއަދުގެ ހެނދުނުން
ފެށިގެން މިހާތަނަށް، އިސްތިއުމާރީ އިސްރާއީލުގެ ޓެރަރިސްޓުން ޣައްޒާއަށް ދިން
ހަމަލާތަކުގައި 17 މީހުން ޝަހީދު ކޮށްލައިފިއެވެ،
އިސްރާއީލުން
ހިސާރުކޮށް ބަންދުކޮށްފައިވާ ޣައްޒާގެ އުތުރުން އެކަނިވެސް 13 މީހުން ޝަހީދު
ކޮށްލާފައިވެއެވެ.
ޣައްޒާ ދެބައިކޮށް، ޣައްޒާގެ
އުތުރަށް އިންސާނީ އެއްވެސް އެހީއެއް އެތެރެކުރިޔަނުދީ، އަދި މީހުން ސަލާމަތް
ކުރުމުގެ މަސައްކަތްވެސް ހުއްޓުވައި މުޅި އުމުރު، ދިރިތިބި އިންސާނުންނާއެކު
ބަންދުކޮށް، ބޮންއަޅައި އަދި ބޮޑުބަޑިން އުދުވާނީ ހަމަލާތައް ދެމުންގެންދާތާ މިއަދަށް
35 ދުވަސް ވެއްޖެއެވެ.
ފާއިތުވީ 35 ދުވަހުގެ
ތެރޭގައި އިސްތިއުމާރީ އިސްރާއީލުގެ ޓެރަރިސްޓުންވަނީ، އާންމުންގެ ގެދޮރާއި،
ހޮސްޕިޓަލްތަކާއި، ސްކޫލްތަކާއި، ސިއްހީ ޚިދުމަތްދޭ ކްލިނިކްތަކާއި،
މިސްކިތްތަކާއި، އެޕާޓްމަންޓް އިމާރާތްތަކަށް ބޮންއަޅައި އެއްކޮށް
ބިމާހަމަކޮށްލާފައެވެ.
ޣައްޒާގެ އުތުރުގެ
ސިޓީތައް ކަމަށްވާ ބައިތު ލާހިޔާއާއި، ޖަބަލިއާގައި ބޮޑެތި ލާއިންސާނީ ޖަރީމާތައް
ހިންގަމުން ގެންދާއިރު، ޣައްޒާގެ އުތުރުގެ ހުރިހާ ރެފިއުޖީ ކޭމްޕްތަކަށް
ބޮންއަޅައި އަދި ބޮޑުބަޑީގެ ހަމަލާތައްދީ އެތައްބަޔަކު ޝަހީދު ކޮށްލާފައި ވެއެވެ.
އިސްރާއީލުން ޣައްޒާގެ
އުތުރުފަޅި ބަންދުކުރިއިރު ހަތަރު ލައްކައެއްހާ އާންމުން ތިބި ނަމަވެސް، މިހާރު
ތިބީ 95،000 އެއްހާ އާންމުންނެވެ. އަތުޖެހުނު ހުރިހާ ފިރިހެނުން ހައްޔަރުކޮށްގެން
ގެންގޮސްފައިވާއިރު، އަންހެނުންނާއި ކުޑަކުދިން ގަދަކަމުން ތަންތަނުން ނެރެ
މަގުމަތިކޮށްފައިވެއެވެ. އަދި ރައްކާތެރިކަން ހޯދަން އެހެން ދިމަދިމާއަށްދާ މީހުންގެ
ގަޔަށް ޓެރަރިސްޓު ސްނައިޕަރުން ބަޑިޖަހައި މީހުން އާންމުން މަރަމުންވެސް ގެންދެއެވެ.
ހެނދުނުން ފެށިގެން މިހާތަނަށް ޣައްޒާއަށް 17 މީހުން ޝަހީދު ކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ