ޕީއެސްއެމް ވޯލްޑްކަޕް ހަވީރު: ޝައުގުވެރި ހަރަކާތްތަކާއެކު މި ހަފްތާ ބަންދުގައިވެސް

ފީފާ ވޯލްޑް ކަޕް 2026ގެ ފޯރި ދިވެހިންގެ މެދުގައި ގަދަކޮށް، ގިނަބަޔަކަށް ބައިވެރިވެވޭނެ ފަދަ ކުޅިވަރުގެ ބޮޑު އީދަކަށް މި މުބާރާތް ހެދުމަށް ޕަބްލިކް ސަރވިސް މީޑިއާއިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން، ކުޑަކުދިންގެ ހަވީރު ނުވަތަ ކާނިވާ މި ހަފްތާ ބަންދުގައިވެސް ކުރިއަށްދާނެއެވެ. މި ހަވީރަށް ކުޑަކުދިންގެ ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ.
ޕީއެސްއެމްއިން ކުރިއަށްގެންދާ ކުޑަކުދިންގެ ކާނިވާ އޮންނާނީ ވޯލްޑް ކަޕް ކުރިއަށްދާ މުއްދަތުގައި ކޮންމެ ދުވަހެއްގެ ހަވީރު 4 އިން 6 އަކަށް ޕީއެސްއެމް ޓީވީ ބިލްޑިންގގެ ގޯތިތެރޭގައެވެ. މި ކާނިވަލަށް ވަނުމުގެ ފުރުޞަތު އާންމުކޮށް ވަނީ ހުޅުވާލާފައެވެ.
މި ކާނިވާގެ ތެރެއިން ތަފާތު އެކި ސްޓޯލްތަކުން އެކި ބާވަތްތަކުގެ މީރު ކާތަކެތި ލިބެން ހުންނާނެއެވެ. އަދި ކުޑަކުދިން ގަޔާވާފަދަ ތަފާތު ގިނަ ކުޅިވަރުގެ ހަރަކާތްތައްވެސް ކުރިއަށްދާނެއެވެ. އަދި ސްޓޭޖް ހަރަކާތްތައްވެސް ކުރިއަށްދާނެއެވެ.
ކޮންމެ ހަފުތާ ބަންދެއްގައި ބާއްވާ މިކާނިވާ ވެފައިވަނީ ކުޑަކުދިން ގަޔާވާ، އެކުދިންގެ ތަރުޙީބު ވަރަށް ބޮޑަށް ލިބޭ ހަވީރަކަށެވެ. މި ކާނިވަލަށް އައި ބައެއް ކުދިން ބުނީ މިއީ ވަރަށް މަޖާ ކާނިވަލެއްކަމަށެވެ. އަދި މިތަނުގައި ހުރި ކުޅިވަރުތަކަކީ އެކުދިން ގަޔާވާ ކުޅިވަރުތަކެއްކަމަށް ވަނީ ބުނެފައެވެ.
މި ހަވީރުން އެންމެ ބޮޑަށް ފާހަގަވަނީ، ދިވެހިންގެ މެދުގައި ފުޓުބޯޅައަށް އޮތް ފޯރިއާއި، ވަކި އުމުރެއް ނެތި، ހުރިހާ އުމުރެއްގެ ދިވެހިންގެ ހިތުގައިވެސް މި ކުޅިވަރާ މެދު އޮތް ގާތްކަމެވެ.
ރޭގަނޑުގެ ވަގުތުތަކުގައި ބޮޑެތި މީހުންނަށް ޚާއްސަ މުނިފޫހިފިލުވުމުގެ އެކި ހަރަކާތްތައްވެސް ވޯލްޑް ކަފް ކުރިއަށްދާ މުއްދަތުގައި ޕީއެސްއެމް ގޯތިތެރޭގައި އޮންނާނެއެވެ. ވޯލްޑް ކަޕް ފެށުމާއެކު ޕީއެސްއެމްއިން އަންނަނީ ދިވެހިންގެ މެދުގައި މި މުބާރާތުގެ ފޯރި އިތުރު ކުރުމަށް އެކިކަހަލަ ހަރަކާތްތައް ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ