ނ. އަތޮޅު ހޮސްޕިޓަލުގައި އައިސީޔޫގެ ހިދުމަތް ފަށައިފި އެވެ.
ނ. މަނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި އައިސީޔޫ ޔުނިޓު ހުޅުވައި އެ ހިދުމަތް އިފްތިތާހުކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އެވެ.
ނ. އަތޮޅު ހޮސްޕިޓަލުގައި އައިސީޔޫއެއް ގާއިމުކުރަން ސަރުކާރުން އެލްއެމްއެސް ނަމަކަށް ކިޔާ ދިވެހި ކުންފުންޏަކާ ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.
މަނަދޫގައި ހުންނަ ނ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތުގެ ބިންގާ މިދިޔަ ޖުލައި މަހުގެ ތެރޭގައި ވަނީ އަޅާފަ އެވެ.
މަނަދޫގައި ހަދާ އާ ހޮސްޕިޓަލަކީ 50 އެނދުގެ ހޮސްޕިޓަލެކެވެ. މި މަޝްރޫޢު އަކީ ސަރުކާރުން 187 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ. އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކުރީ މަސައްކަތް ފަށާތާ 780 ދުވަސްތެރޭ ނިންމާ ގޮތަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި ނ. އަތޮޅުގެ އާ ހޮސްޕިޓަލާ އެކު އާ ހިދުމަތްތަކެއް ވެސް ތައާރަފުވެގެން ދާނެ އެވެ. އޭގެ ތެރޭގައި ފިޒިއޮތެރަޕީ އާއި މެންޓަލް ހެލްތާއި ސްޕީޗްތެރަޕީ ފަދަ ހިދުމަތްތައް ހިމެނެ އެވެ.
ނ. އަތޮޅު ހޮސްޕިޓަލުގައި އައިސީޔޫގެ ހިދުމަތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ