ދުނިޔޭގެ ފެތުމުގެ މުބާރާތުގައި އާންއަށް ގައުމީ އިތުރު ރިކޯޑެއް
ފިރިހެނުންގެ ލޯންގްކޯސް 50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރިކޯޑު މުޙައްމަދު އާން ޙުސައިން އައުކޮށްފިއެވެ. ސިންގަޕޫރުގައި މިހާރު ކުރިއަށްދާ 22 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ވާދަކޮށް އާން މި ރިކޯޑު އައުކޮށްފައިވަނީ 23.81 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގެ ގައުމީ ރިކޯޑު އެންމެ ފަހުން އައުކޮށްފައިވަނީވެސް އާންއެވެ. އެއީ މިދިޔަ އަހަރު ޕެރިހުގައި ބޭއްވި ޕެރިސް އޮލިމްޕިކް ގޭމްސްގައި 24.22 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ. މިފަހަރުގެ ދުނިޔޭގެ ފެތުމުގެ މުބާރާތުގައި ރާއްޖޭގެ ފެތުންތެރިން ވަނީ ޖުމްލަ ހަތް ގައުމީ ރެކޯޑެއް ހަދައިފައެވެ. އޭގެ ތެރޭގައި އާންގެ ދެ ރެކޯޑް ވެސް ހިމެނެއެވެ. މި ރިކޯޑުގެ އިތުރުން އާން ވަނީ ފިރިހެނުންގެ ލޯންގް ކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓުގައި ވާދަކޮށް ގައުމީ ރިކޯޑު އައުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ