ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން މިއަދު ހެނދުނު އިންޑިއާގެ ކޮޗިންއަށް ދަތުރުކުރި މޯލްޑިވިއަންގެ ފްލައިޓް ކަނޑައެޅިފައިވާ ގަޑިއަށް ނުޖެއްސުނީ މޫސުން ގޯސްވުމުގެ ސަބަބުންކަމަށް މޯލްޑިވިއަނުން ބުނެފިއެވެ.
ކޮޗިންއަށް ދަތުރުކުރި މޯލްޑިވިއަންގެ ފްލައިޓަށް މިއަދު ރަންވޭއަށް ނުޖެއްސި ގިނައިރުތަކެއްވަންދެން ވަނީ އުދުހިފައެވެ. މިކަމާ ގުޅޭގޮތުން ވޮއިސްއާ މައުލޫމާތު ހިއްސާކުރަމުން ޤައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަނުގެ މިޑިއާ އޮފިޝަލް ވިދާޅުވީ ބޯޓަށް ނުޖެއްސުނީ މޫސުން ގޯސްވުމުގެ ސަބަބުންކަމަށެވެ.
މޯލްޑިވިއަންގެ ބޯޓަށް ކޮޗިން އެއާޕޯޓަށް ޖެއްސުނީ އިންޑިއާ ގަޑިން 12:30 ހާއިރުއެވެ. މޫސުން ގޯސްވެގެން މޯލްޑިވިއަންގެ ފްލައިޓް ވަނީ މަތީގައި 40 މިނެޓަށްވުރެ ގިނައިރު އުދުހިފައެވެ. އާއްމުގޮތެއްގައި ކޮޗިންއަށްދާ ފްލައިޓް އެއްގަޑިއިރާ ފަސް މިނެޓްތެރޭގައި ލޭންޑްކުރެއެވެ.
މޫސުން ގޯސްވެގެން ބައެއްފަހަރު ރަންވޭއަށް ނުޖެއްސިގެން މަތީގައި ގިނައިރު އުދުހެން ޖެހުމަކީ އާއްމުކަމެކެވެ.
ކޮޗިންއަށް ދަތުރުކުރި ފްލައިޓް ޖެއްސުން ލަސްވީ މޫސުން ގޯސްވުމުން: މޯލްޑިވިއަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ