ދަނާލުގައި މަރުވި ދަރިވަރު ފުލުހުންނާ މުއާމަލާތްކުރި

ގައުމީ ޔުނިވަސިޓީގެ މާލޭ ދަނާލުގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ މަރުވި ދަރިވަރު އެ ހާދިސާގެ ކުރިން ފުލުހުންނާ މެސެޖުން މުއާމަލާތްކުރި ކަމަށާއި އެ މުއާމަލާތުގެ ޓައިމްލައިން ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން މިއަދި ހިއްސާކޮށް ދެއްވައިފި އެވެ.
ދަނާލުގައި އަމިއްލަ އަަށް މަރުވެފައި ވަނީ ތިނަދު އަށް ނިސްބަތްވާ މަރްޔަމް ހާސިދާ، 18، އެވެ.
އޭނަ މަރުވުމުގެ ކުރިން ފުލުހުންނަށް ގުޅައި ނަފުސާނީ ގޮތުން ކުރިމަތިވެފައިވާ ކަންކަމަށް އެހީ އެދުނު ކަމަށް ބުނެ ވާހަކަ ދެކެވިފައިވެ އެވެ. ނަމަވެސް މިނިސްޓަރު އިހްސާން މިއަދު ދޮގު ކުރެއްވި އެވެ. އެހެންވެ މިފަަދަ ހައްސާސް ކަންކަމުގައި ހަގީގަތާ ހިލާފު ވާހަކަތަައް ނުފެތުރުމަށް ވެސް އިލްތިމާސް ކުރެއްވި އެވެ.
"ނަފްސާނީ ކަންކަން ހިމެނޭފަދަ މައްސަލަތަކުގައި ވަރަށް ބޮޑަށް އެދެން ހަގީގަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށް. މީގެ ސަބަބުން މިވަގުތު މިފަދަ ކަންކަން ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ވަރަށް ބޮޑަށް އަސަރު ކުރަމުންދޭ އަދި ހަމައެއާއެކު މި ހާދިސާތައް ދިމާވެފައި ހިތާމަތައް ދިމާވެފައިވާ އާއިލާތަކަށް ނުހަނު ހިތާމަތައް ލިބިގެންދޭ،." އޭނަ ވިދާޅުވި އެވެ.
އިހްސާން ވަނީ އެ ކުއްޖާ އާއި ފުލުހުންނާ ދެމެދު މެސެޖުން ކުރެވުނު މުއަމަލާތް ތަފުސީލުކޮށް ހިއްސާ ކުރައްވައިފަ އެވެ.
ހޯމަ ދުވަހުގެ ރޭގެ މުއާމަލާތް:
* 8:40 ގައި ދަރިވަރު: އައި އެމް ސޯ ކްލޯސް ޓު ގިވްއަޕް
* 8:49 ގައި ވިކްޓިމް ސަޕޯޓް ޔުނިޓް: ހައި، ވުޑް ޔޫ ލައިކް ޓު ޝެއާ ވިތު އަސް
* 8:50 ގައި ދަރިވަރު: އައި ޖަސްޓް ކާންޓް ކޮންޓްރޯލް މައި ތޯޓްސް
* 8:53 ގައި ދަރިވަރު: ޕްލީޒް ޑޯންޓް ކޯލް އެނީވަން
* 8:53 ގައި ދަރިވަރު: އައި އެމް އޯކޭ. އައި އެމް ގޮއިން ޓު ބީ އޯކޭ
* 8:53 ގައި ދަރިވަރު: އައި ހޭވް ބީން އޯކޭ
* 8:53 ގައި ދަރިވަރު: އައި އެމް ގޮއިން ފޯ އަ ވޯކް
* 00:38 ގައި ދަރިވަރު: އައި އެމް ގޯން
* 00:42 ގައި ވިކްޓިމް ސަޕޯޓް ޔުނިޓް: ވަޓް ޑޫ ޔޫ މީން ބައި ދެޓް. ހައު ކޭން އައި ހެލްޕް ޔޫ. ވުޑް ޔޫ ލައިކް ޓު ގޯ ޓު ހޮސްޕިޓަލް އޯ ޓޯކް ޓު މީ.
* 00:57 ގައި ދަރިވަރުގެ ވައިބާ ނަންބަރު އޮފްލައިންވި
* 01:02 ގައި ދަރިވަރުގެ ބޭބެއަށް ފުލުހުން ގުޅި. އެހީތެރިކަން ފޯރުކޮށްދިނުމަށް އެދުން. ދަރިވަރުގެ ބޭބެއަށް 00:36 ގައި މެސެޖެއް ކޮށްފައިވާ ކަމަށް އެނގުނު. އެ މެސެޖުގައި ބުނެފައި ވަނީ، "އައި އެމް ނޮޓް ބޮދާޑް".
* 01:03 ގައި ފުލުހުންގެ ވިކްޓިމް ސަޕޯޓް ޔުނިޓުން ފުލުހުންގެ ކޮމާންޑަށް ގުޅައި ދަނާލަށް ފުލުހުން ފޮނުވައިދިނުމަށް އެދުނު
* 01:04 ގައި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ ޑިއުޓީ އިންވެސްޓިގޭޝަން އޮފިސަރަށް އެ މައުލޫމާތު ލިބުނު
* 01:08 ގައި ފުލުހުން ދަނާލަށް ދިޔަ
* 01:14 ގައި ދަރިވަރުގެ ކޮޓަރިއަކީ ކޮބައިކަން ހޯދުމުގެ މަސައްކަތްކުރި
* 01:32 ގައި ދަރިވަރުގެ ކޮޓަރިއަކީ ކޮބައިކަން ހޯދުނު. އަދި ކޮޓަރީގެ ފެން ލައިޓުން ބެލި އިރު ހާދިސާ ހިނގާފައި ހުރި މަންޒަރު ފުލުހުންނަށް ފެނުނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ