"ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޯލޮޖީ" އުވާލައި، މޯލްޑިވްސް 2.0ގެ ކަންކަން ތަންފީޒުކުރުމަށް "މޯލްޑިވްސް ޑިޖިޓަލް ސާވިސް"ގެ ނަމުގައި އާ އިދާރާއެއް މިއަދު އުފައްދައިފިއެވެ.
ރައީސް އޮފީހުން ބުނީ އެ އިދާރާއަކީ ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ.
"މޯލްޑިވްސް ޑިޖިޓަލް ސާވިސް"ގެ ނަމުގައި އިދާރާއެއް އުފައްދަވައި، "ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޯލޮޖީ" އުވައިލައްވާފައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުންް ކަމަށްނެވެ.
މޯލްޑިވްސް ޑިޖިޓަލް ސާވިސް އުފެއްދުމުގެ އެންމެ ބޮޑު ބޭނުމަކީ "މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028 - ޖާނީ ޓު ޑިޖިޓަލް ޓްރާންސްފޮމޭޝަން" މަގުޗާޓުގައިވާ ކަންކަން ތަންފީޒުކުރުމުގެ ޒިންމާ ހަވާލުކުރާ އެންމެ އިސް އިދާރާއަކަށް އެ އިދާރާއަށް ހެދުން ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
އެ މަސައްކަތްތަކުގެ އިތުރުން، ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޯލޮޖީއިން މިހާތަނަށް ކުރަމުން ގެންދިޔަ މަސައްކަތްތައް ކުރާނީ ވެސް މޯލްޑިވްސް ޑިޖިޓަލް ސާވިސްއިންނެވެ.
މޯލްޑިވްސް ޑިޖިޓަލް ސާވިސްއަށް ދައުލަތުގެ އިދާރާތަކުން ލިޔާ ސިޓީގައި ޖަހާނެ ނަންބަރަކީ 1137 ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ކަނޑައަޅައިފައެވެ.
އެންސީއައިޓީ އުވާލައި، މޯލްޑިވްސް 2.0ގެ ކަންކަން ތަންފީޒުކުރުމަށް އާ އިދާރާއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ