ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައި ނުސާފުވެ، ސިއްހަތަށް ނުރައްކާވާ މިންވަރަށް ގޯސްވެފައިވާ ކަމަށް އެއާ ކޮލެޓީ އިންޑެކްސް އިން ދައްކައިފި އެވެ.
ވީ ކިހިނެއް؟ - އެއާ ކޮލެޓީ މޮނީޓާ ސިސްޓަމުން ދައް ގޮތުން، ރާއްޖޭގެ ބައެއް ސަރަަހައްދުތަކުގައި ވައިގެ ކޮލެޓީ ހުރީ 193 އާއިި 163 ދެމެދުގަ އެވެ. މިއީ ރަތް އެލާޓު ނުވަތަ ސިއްހަތަށް ނުރައްކާވާ މިންވަރަށް ވައި ނުސާފުވެފައި ހުރުމެވެ.
ވައިގެ ނުސާފުކަން 151-200އާ ދެމެދު ހުރެއްޖެ ނަމަ އެއީ ސިއްހަތަށް ނުރައްކާވާ މިންވަރެކެވެ. މި ހާލަތުގައި ސިއްހީ ގޮތުން ނޭދެވޭ އަސަރުކޮށް ފުއްޕާމެއާއި ހިތުގެ ބަލިތައް ބޮޑުވުމުގެ ނުރައްކާ އެންމެންނަށް ވެސް އޮވެ އެވެ.
ތަފްސީލް - އެއާ ކޮލެޓީ މޮނީޓާ ސިސްޓަމުން ދައްކާ ގޮތުގައި، މިވަގުތު މާލެ ސަރަހައްދުން ވައި އެންމެ ނުސާފީ ވިލިމާލެ އަށެވެ. އެގޮތުން:
ވިލިމާލޭގެ ވައިގެ ކޮލިޓީ ހުރީ 193ގައި
ވިލިމާލޭގެ ވައިގައި ހިމެނޭ ފައިން ޕާޓިކިއުލޭޓް މެޓާ (ޕީއެމް 2.5) ހުރީ 79 މައިކްރޯ ގްރާމްގައި
މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރައްކާތެރިކަމަށް ކަނޑައަޅާފައިވާ އެންމެ ދަށް މިންވަރަށް ވުރެ 15.8 މަތީ މިންވަރެއް
މާލޭގެ ވައި ކޮލިޓީ ވެސް ހުރީ 118ގަ އެވެ. މިއީ ނާޒުކު ހާލަތުގައިވާ ފަރާތްތަކަށް ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑުވާނެ ހާލަތެކެވެ. އެގޮތުން:
މާލޭގެ ވައިގައި ހިމެނޭ ފައިން ޕާޓިކިއުލޭޓް މެޓާ (ޕީއެމް 2.5) ހުރީ 42.3 މައިކްރޯ ގްރާމްގައި
މިއީ ވެސް ޑަބްލިއުއެޗްއޯ އިން ރައްކާތެރިކަމަށް ކަނޑައަޅާފައިވާ އެންމެ ދަށް މިންވަރަށްވުރެ 8.5 މަތީ މިންވަރެއް
މީގެ އިތުރުން، ދެން އެންމެ ވައި ނުސާފީ ދ. ކުޑަހުވަދޫ އަށެވެ. އެ ރަށުގެ ވައި ކޮލިޓީ ހުރީ 158ގަ އެވެ. މިއީ ނާޒުކު ހާލަތުގައިވާ ފަރާތްތަކަށް ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑުވާނެ ހާލަތެކެވެ.
ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓުން ބުނި ގޮތުގައި، ވައިގެ ނުސާފުކަން އެންމެ ބޮޑުވާނީ މިއަދާ މާދަމާ އެވެ. އަދި ކުރިއަށް އޮތް ހަފްތާތަކުގައި ވެސް ވައި ނުސާފުވާނެ އެވެ.
މި ހާލަތުގައި ސަމާލުކަން ދޭންވީ ކަންތަކަކީ:
ނާޒުކު ހާލަތުގައިވާ ފަރާތްތައް ބޭރަށް ނުކުންނަން ޖެހޭ ހާލަތުގައި ރައްކާތެރި މާސްކު އެޅުން
ބޭރުގެ ނުސާފު ވައި ނުވަންނާނެހެން ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން
އެއާ ޕިއުރިފައިއާ ބޭނުން ކުރުން
ނާޒުކު ހާލަތުގައިވާ ފަރާތްތައް ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންތައްތައް މަޑުޖައްސާލުން
ރާއްޖޭގެ ބޮޑު ބަޔަކަށް ނުރައްކާ މިންވަރަށް ވައި ނުސާފު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ