ރޯދަމަހު ކެފޭ އަދި ރެސްޓޯރެންޓް ފަދަ ތަންތަން ހުޅުވާފައި ބެހެއްޓޭނޭ ގަޑިތައް އާންމުކޮށްފި އޮފްސައިޑް ނިންމުންތައް އިތުރަށް ހަރުދަނާކުރަން ކުޅުންތެރިންގެ ޑިޖިޓަލް ސިފަތަކެއް ހަދަން ފީފާއިން ނިންމައިފި ވޯލްޑް ކަޕަށް ފްލޮރިޑާއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހި

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ބޭއްވި މައުލޫމާތު ދިނުމާ ބެހޭ ބައްދަލުވުމަކަށް ހާޒިރު ނުވެގެން އިސްލާމިކް މިނިސްޓްރީ ޖޫރިމަނާކޮށްފިއެވެ. މައުލޫމާތު ހޯދުމަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ބޭއްވި އެ ބައްދަލުވުމަށް ހާޒިރު ނުވެގެން އައިކޮމުން އެ މިނިސްޓްރީ ޖޫރިމަނާ ކުރީ 700 ރުފިޔާއިންނެވެ.
އައިކޮމުން ނެރުނު ބަޔާނެއްގައި ބުނީ، މައުލޫމާތު ހޯދުމަށް ހުށަހެޅި ދެ ހުށަހެޅުމަކަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދީފައި ނުވާތީ އެ އޮފީހަށް ދެ ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށެވެ. އެ ޝަކުވާތައް ބެލުމަށްޓަކައި މިދިޔަ އަންގާރަ ދުވަހު ބައްދަލުވުމެއް ތާވަލުކުރި ނަމަވެސް، މިނިސްޓްރީގެ އެދުމުގެ މަތިން އެ ބައްދަލުވުން ފަސްކޮށް އިއްޔެއަށް ތާވަލުކުރި ކަމަށް އައިކޮމުން ބުންޏެވެ.
ނަމަވެސް، އިއްޔެގެ ބައްދަލުވުމަށް ވެސް ހާޒިރުވެވެން ނެތް ކަމަށް މިނިސްޓްރީން އެންގުމުން، މިއަދަށް ބައްދަލުވުން އަލުން ތާވަލުކުރިއެވެ. އެހެންނަމަވެސް، އެއްވެސް ސަބަބެއް އެންގުމެއް ނެތި މިއަދުގެ ބައްދަލުވުމަށް ވެސް މިނިސްޓްރީގެ ފަރާތުން އެއްވެސް ބޭފުޅަކު ހާޒިރުވެފައެއް ނުވެއެވެ.
މިނިސްޓްރީން ހާޒިރު ނުވުމުގެ ސަބަބުން ބައްދަލުވުން ކެންސަލް ކުރަން ޖެހުމާ ގުޅިގެން އައިކޮމުން ބުނީ، މިއީ އެ އޮފީހުގެ ގާނޫނީ ވާޖިބު އަދާކުރުމަށް އެޅުނު ހުރަހެއް ކަމަށެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގަވާއިދު ބުނާ ގޮތުން، އައިކޮމުން ބާއްވާ ބައްދަލުވުމަކަށް މަގުބޫލު ސަބަބަކާ ހުރެ ހާޒިރުވެވެން ނެތް ނަމަ، ބައްދަލުވުން ފެށުމުގެ އެއް ގަޑިއިރު ކުރިން އެކަން އަންގަން ޖެހެއެވެ.
އިސްލާމިކް މިނިސްޓްރީ ޖޫރިމަނާކުރަން ނިންމީ، މި ގަވާއިދާ ހިލާފުވެ، އެކަށީގެންވާ ވަގުތު އޮއްވައި ބައްދަލުވުމަށް ހާޒިރު ނުވެވޭނެކަން އަންގާފައި ނުވާތީ ކަމަށް އައިކޮމްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ