އިރާނު ހަނގުރާމަ ފެށިފަހުން މިހާތަނަށް އެމެރިކާއިން 12 ބިލިއަން ޑޮލަރު ހޭދަވެފައިވާ ކަމަށް ވައިޓް ހައުސްގެ އިކޮނޮމިކް ކައުންސިލްގެ ޑިރެކްޓަރު ކެވިން ހެސެޓް ވިދާޅުވެއްޖެ އެވެ.
މި ހަނގުރާމައިގެ ސަބަބުން އެމެރިކާގެ އިގުތިސާދަށް ނުރައްކަލެއް އޮތް ކަމަށް ދެކެވޭ ވާހަކަތައް، ސީބީއެސް ގެ "ފޭސް ދަ ނޭޝަން" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހެސެޓް ވަނީ ދޮގުކުރައްވާފައެވެ.
އޭނާ ވިދާޅުވީ އެމެރިކާއަކީ މިހާރު އަމިއްލައަށް ތެޔޮ އުފައްދާ ގައުމަކަށް ވުމުން، ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަ ލޮޅުންތަކުން ގައުމުގެ އިގްތިސާދަށް ބޮޑު ގެއްލުމެއް ނުވާނެ ކަމަށެވެ.
އިޒްރޭލާއި އެމެރިކާ ގުޅިގެން ފެބްރުއަރީ 28 ގައި ފެށި މި ހަނގުރާމައިގެ އަސްލު މަގްސަދާ މެދު އެމެރިކާގެ ސިޔާސީ މަސްރަހުގައި ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.
ސެނެޓްގެ މައިނޯރިޓީ ލީޑަރު ޗަކް ޝޫމަރ ވިދާޅުވީ ހަނގުރާމައިގެ ބޭނުމާ ބެހޭ ގޮތުން ސަރުކާރުން ކޮންމެ ދުވަހަކު ދެނީ ތަފާތު ޖަވާބުތަކެއް ކަމަށެވެ. ފުރަތަމަ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވަން ފެށި މި ހަމަލާތައް މިހާރު ވަނީ އިރާނުގެ ތެލުގެ އިންފްރާސްޓްރަކްޗާއަށް އަމާޒުވެފައެވެ.
ހަނގުރާމަ ފެށުނު ފަހުން އިރާނުން 1,444 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އެމެރިކާގެ 13 ސިފައިން މަރުވެ 140 އަށްވުރެ ގިނަ ސިފައިން ވަނީ ޒަހަމްވެފައެވެ.
ހަނގުރާމައިގެ އަސަރު ލުުބުނާނަށާއި މެދުއިރުމަތީގެ އެހެން ގައުމުތަކަށް ފޯރަމުންދާއިރު، އިންޑިއާ ފަދަ ބައެއް ގައުމުތަކުން ދަނީ އެމެރިކާ ބައިވެރިނުކޮށް އިރާނާއެކު ސީދާ މަޝްވަރާކޮށްގެން ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރަން މަސައްކަތް ކުރަމުންނެވެ.
އިރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް އެމެރިކާއިން 12 ބިލިއަން ޑޮލަރު ހޭދަކޮށްފި އިރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް އެމެރިކާއިން 12 ބިލިއަން ޑޮލަރު ހޭދަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ