"އިމާރާތްކުރުމުގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ފުރުސަތުތައް ދަނީ ފަހިކޮށްދެމުން"

އިމާރާތްކުރުމުގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް މުހިންމު މަސައްކަތްތަކެއް ސަރުކާރުން ކުރައްވަމުން ގެންދަވާކަމަށް އިޤްތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މުހައްމަދު ސަޢީދު މިހެން ވިދާޅުވީ މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީޒްއިން އިންތިޒާމްކޮށްގެން ބާއްވާ ބިލްޑް އެކްސްްޕޯ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ބިލްޑް އެކްސްޕޯއަކީ އިމާރާތްކުރުމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ޚިދުމަތްތަކާއި ޕްރޮޑަކްޓްތަކުގެ މައުލޫމާތު އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށްޓަކައި ބާއްވާ އެކްސްޕޯއެކެވެ.
މިއަހަރުގެ މި އެކްސްޕޯ ރަސްމީކޮށް ފަށްޓަވައިދެއްވީ، އިޤްތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސަޢީދެވެ.
ބިލްޑް އެކްސްޕޯ ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، އިމާރާތްކުރުމުގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އަދި މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާއަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، އެ ދާއިރާއަށް ބޭނުންވާ މުދާ ރާއްޖެ ގެނައުމުގައިވެސް ބޮޑެތި ދަތިތަކެއް ހުރިކަމަށެވެ.
ވަޒީރު ވިދާޅުވީ، ހަނގުރާމައިގެ ފުރަތަމަ ދުވަހުން ފެށިގެންވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އިރުޝާދާ އެއްގޮތަށް ބާޒާރުގަ މުދާ ހުސްވިޔަނުދިނުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރެވެމުން އަންނަކަމަށެވެ.
"މެދުއިރުމަތީގެ ހަނގުރާމަމައިގެ ސަބަބުން ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ދިމާވާ ދަތިތައް އެބަހުރި. މިސާލަކަށް މުދާ ގެނައުމުގެ ދަތިކަން. މުދާ ގެނައުމުގެ ދަތިކަން. ހަނަގުރާމަ ފެށުނީއްސުރެ ސަރުކާރުން ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތްކުރަނީ މީގެން އެއްވެސް ބާވަތެއް ބާޒާރުގަ ހުސްވިޔަނުދީ ބެހެއްޓުމަށް. ހަނގުރާމައިގެ އެތައް ދުވަހެއް ވެގެންދިޔައިރު އެއްވެސް ބާވަތެއްގެ މުދަލަކަށް ނުޖެހި އަޅުގަނޑުމެންނަށް މިވަނީ ގެންދެވިފަ". ސަޢީދު ވިދާޅުވިއެވެ.
4 ދުވަހަށް ކުރިއަށްގެންދާ މިއަހަރުގެ ބިލްޑް އެކްސްޕޯވެސް ކުރިއަށްދާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މިއަހަރުގެ އެކްސްޕޯގައިވެސް އިންޑިއާ، ލަންކާ ތައިލޭންޑް އަދި ޗައިނާގެ ކުންފުނިތައްވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ