ރާއްޖެއަށް ވައިގެ މަގުން އެތެރެކުރި 3.9 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
ވީ ކިހިނެއް؟ - ކަސްޓަމްސް އިން ރޭ ބުނީ މި ތަކެތި އަތުލައިގަތީ މި މަހުގެ 4 ވަނަ ދުވަހު ކަމަށެވެ.
ތަފްސީލް - މި ތަކެތީގެ ބަރުދަނުގައި 2 ކިލޯއަށް ވުރެ އިތުރު ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.
ކަސްޓަމްސް އިން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން އަތުލައިގަތީ ދެ ކިލޯއަށް ވުރެ ގިނަ ސިންތެޓިކް ކެތިނޯން ކަމަށެވެ. މި ތަކެތީގެ މަގުމަތީ އަގު 3.9 މިލިއަން ރުފިޔާއަށް ވުރެ އިތުރު ކަމަށް ވެސް އެ ތަނުން ބުންޏެވެ.
ފާހަގަ ކުރެވޭ - ވައިގެ މަގުންނާއި ކަނޑުމަގުން ރާއްޖެ އެތެރެކުރާ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެ އެވެ. މި މަހުގެ 20 ވަނަ ދުވަހު ވެސް ރާއްޖެ އެތެރެކުރަން އުޅުނު 9.6 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފަ އެވެ.
ވައިގެ މަގުން އެތެރެކުރި 3.9 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ