އަނެއްކާވެސް އާންމުތަނެއްގައި ޖިންސީ އަމަލެއް ހިންގާ ވީޑިއޯއެއް، މިފަހަރު ބަހެއްގެ ތެރޭގައި ސްކޫލް ކުދިންތަކެއް

އަނެއްކާވެސް އާންމު އިޖުތިމާއީ މިންގަނޑާ ޚިލާފު އަމަލެއް އާންމުތަނެއްގައި ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެއެވެ.
މީސްމީޑިއާގަިއ މިހާރު ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ބަހެއްގެ ތެރޭގައި ސްކޫލް ކުދިންތަކެއް އާންމު އިޖުތިމާޢީ މިންގަނޑާ ޚިލާފު އަމަލެއް ހިންގާ މަންޒަރެވެ.
މި ވީޑިއޯއާ ގުޅިގެން މި ނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެވީޑިއޯއާ ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށެވެ.
ބަހެއްގެ ތެރޭގައި ސްކޫލް ކުދިންތަކެއް އެފަދަ އަމަލެއް ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައިވާއިރު، އިއްޔެވެސް ވަނީ ހުޅުމާލޭގައި އާންމުތަނެއްގައި އަންހެނަކާއި ފިރިހެނަކު ޖިންސީ އަމަލެއް ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައެވެ.
އެކަމާ ގުޅިގެން މި ނޫހުން ފުލުހުންނާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މީގެ ކުރިން ވިދާޅުވީ، އެމައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، މިހާރު ފުލުހުން އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
އެޑިޓަރުގެ ނޯޓް: ސްކޫލް ކުދިންތަކެއް މީސްމީޑީއާގައި އެފަދަ އަމަލެއް ހިންގާ މަންޒަރު ފެންނަ ވީޑިއޯ ހިއްސާކޮށްފައި ނުވަނީ، މިމައްސަލައަކީ ކުޑަކުދިންނާ ގުޅުން ހުރި މައްސަަލައަކަށްވުމާއި ގުޅިގެން، އެކުދިންގެ ރައްކާތެރިކަމަށްޓަކައެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2022 Gaafu.mv. All rights reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ