ހަވީރު ކަރަންޓު ކެނޑުނު ގޮތަށް ކުޅުދުއްފުށީ ގިނަ ހިސާބުތަކަށް އަދިވެސް ކަރަންޓު ނުލިބޭ

މިއަދު ހަވީރު ކުޅުދުއްފުށި ސިޓީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނު ގޮތަށް ގިނަ ހިސާބުތަކަށް އަދިވެސް ކަރަންޓު ނުލިބެއެވެ. "ސަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހަވީރު 4:30 ހާއިރުން ފެށިގެން އެ ސިޓީގެ ގިނަ ސަރަހައްދުތަކަށް އަދިވެސް ކަރަންޓު ލިބޭނެ ގޮތެއް ނެތެވެ. މިކަން ހިނގާފައިވަނީ ލައްގާ ހުރާ ސަރަހައްދު ސަބް-ސްޓޭޝަން ގެ ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ފެނަކަ ކުޅުދުއްފުށީ ބްރާންޗުން ބުނީ 2 ނަމްބަރު ސަބްސްޓޭޝަންގެ ޓްރާންސްފޯމަރު ހަލާކުވުމާ ގުޅިގެން އެ ޓްރާންސްފޯމަރުން ކަރަންޓު ދީފައިވާ ސަރަހައްދުން މިހާރު ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށެވެ. އަދި، އެ ސަރަހައްދަށް ކަރަންޓުގެ ޚިދުމަތް ދެވެން އޮތީ އެހެން ޓްރާންސްފޯމަރެއް ބަހައްޓައިގެން ކަމަށް ފެނަކައިން ބުނެއެވެ. ނަމަވެސް މައްސަލައަށް ވަގުތީ ހައްލެއް ގެނައުމަށް ފެނަކައިން ދަނީ މަސައްކަތް ކުރަމުންނެވެ. އަނބުރާ ކަރަންޓު ލިބޭނެ ވަކި ވަގުތެއް ފެނަކައިން ހާމަކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ