މަސްތުވާތަކެތީގެ މައްސަލައެއްގައި ރާއްޖެޓީވީއާ ވީޓީވީގެ ނޫސްވެރިންތަކެއް ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ރާއްޖެޓީވީ އަދި ވީޓީވީގެ ނޫސްވެރިންތަކެއް ހައްޔަރުކޮށްފިއެވެ.
އެގޮތުން ހައްޔަރުކޮށްފައިވަނީ ރާއްޖެ ޓީވީގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރި އާލާ އިބްރާހިމާ، ވީޓީވީގެ ނޫސްވެރިޔެއް ކަމަށްވާ ލީވާން އަލީ ނާސީރު އާއި އިބްރާހިމް ރަޝީދު އާއި 27 އަހަރުގެ ސާމީ އަބްދުލް ހަމީދު ކަމަށް ފުލުހުން ބުނެއެވެ.
މިމީހުން ހައްޔަރުކުރީ ދިޔަ މަހުގެ 27 ވަނަ ދުވަހު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.
ފުލުހުން މިއަދު ބުނީ މި އޮޕަރޭޝަނުގައި ހުޅުމާލޭ ފެރީ ޓާމިނަލް ސަރަހައްދުން ތިން މީހުން ހައްޔަރުކޮށް ބަލާފާސްކޮށްފައިވާ ކަމަށާއި އެ މައްސަލާގައި 3 މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.
ހައްޔަރު ކުރެވުނު 3 މީހުންވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ