ޗީޕް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމް މެލާޝިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ މޯލްޑިވްސް ޑިފެންސް ފޯސްގެ ޖެނެރަލް އޮފިސަރުންނެވެ.
މޭޖަރ ޖެނެރަލް ޝިޔާމް ގެ މި ދަތުރުފުޅަކީ "16 ވަނަ ޑިފެންސް ސާވިސް އޭޝިޔާ އެގްޒިބިޝަން އެންޑް ކޮންފަރެންސް" ގައި ބައިވެރިވެ ވަޑައިގަތުމަށް މިމަހުގެ 15 ވަނަ ދުވަހު ކުއަލަލަމްފޫރަށް ފެއްޓެވި ދަތުރުފުޅެކެވެ.
މި ކޮންފަރެންސްގައި، ދުނިޔޭގެ 60 އަށްވުރެ ގިނަ ޤައުމުތަކަށް ނިސްބަތްވާ ވަފުދުތަކުން ބައިވެރިވާއިރު، އޭގެ ތެރޭގައި ޤައުމުތަކުގެ އަސްކަރިއްޔާގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމް މެލޭޝިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާ އެނބުރި ރާއްޖެ ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ