އެމްވީކޭ މޯލްޑިވްސް އަށް ޚިޔާނާތްތެރިވި މީހަކު އެއް އަހަރަށް ވުރެން ގިނަ ދުވަހަށް އަރުވާލަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
އެއް އަހަރާއި ފަސް މަސް ދުވަހަށް އަރުވާލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ޏ. ފުވައްމުލައް، ދަނޑިމަގު، ފިނިވާގޭ ނަޒީހު މުހައްމަދު ސައީދު އެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ އެމްވީކޭ އޮފީހުގެ މަސައްކަތު މީހަކަށް ހުރެ އެތަނުގެ 11،340ރ. އަށް އޭނާ ޚިޔާނާތްތެރިވިކަން ނަޒީހުގެ ފަރާތުން ޝަރީއަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން ޝަރީއަތަށް ސާބިތުވާތީ ޚިޔާނާތްތެރި ވުމުގެ ކުށުން ނަޒީހު ކުށްވެރިވާ ކަމަށެވެ.
މީގެއިތުރުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދޫކުރާ ފައިސާގެ ރަސީދާއި އަހަރީ ފީގެ ސްޓިކާ އަމިއްލަ އަށް ތައްޔާރުކޮށް އެތަކެތި ބޭނުން ކުރަން އުޅުނުކަން ޝަރީއަތަށް ސާބިތުވުމުން އޭނާ 1000ރ. އިމް ޖޫރިމަނާ ކުރުމަށް ފަހު އެފައިސާ މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ކޯޓަށް ދައްކާ ހަލާސްކުރުމަށް ވަނީ ހުކުމްކޮށްފަ އެވެ.
ހިޔާނާތްތެރިވި މީހަކު އަރުވާލުމަށް ކޯޓުން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ