މާލެއިން ކަރަންޓު ކެނޑުނީ ހުރިހާ އިންޖީނެއް ނިވިގެން ކަމަށް ސްޓެލްކޯ އިން ބުނެފި

މިދިޔަ ހުކުރު ދުވަހު މާލެއިން ކަރަންޓް ކެނޑުނީ ހުރިހާ އިންޖީނުތަކެއް ނިވިގެން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ޓީވީއެމް ގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ މިދިޔަ ހުކުރު ދުވަހު މާލއެިން ކަރަންޓް ކެނޑުނީ ކޭބަލަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. އެހެންކަމުން ހުރިހާ އިންޖީނުތަކެއް އޮޓޮމެޓިކުން ޝަޓްޑައުންވި ކަމަށްވެސް މުޣުނީ ވިދާޅުވިއެވެ.
މުޣުނީ ވިދާޅުވީ ސިސްޓަމްތައް ރާވާފައި ހުންނަ ގޮތުން ކްރިޓިކަލް ކޭބަލަކަށް މައްސަލައެއް ދިމާވެއްޖެއްޔާ ހުރިހާ ޖަނަރޭޓަރުތައް އޮޓޮމެޓިކުން ޝަޓްޑައުންވާނެކަމަށެވެ. ނަމަވެސް މިކަހަލަ ބޮޑު މައްސަލައެއް ދިމާވަނީ ވަރަށް ނާދިރު ހާލަތެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.
އިރުތަށް ވިދާޅުވީ ސްޓެލްކޯގެ ސިސްޓަމަކަށް މައްސަލައެއް ދިމާވިއަސް ހުރިހާ އިންޖީނުތަކެއް ނުނިވޭ ކަމަށެވެ. އޭގެ ބަދަލުގައި ނިވެނީ އިންޖީނުތަކާ ގުޅިފައި ހުންނަ ފީޑަރުތައް ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން މާލޭގެ ކަރަންޓުގެ ނެޓްވޯކަކީ ދުވަސްވެފައިވާ ނެޓްވޯކަކަށްވުމުން އަޕްގްރޭޑް ކުރުމުގެ މަސައްކަތާއި ޖަނަރޭޓިންގ ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށްވެސް މުޣުނީ ވިދާޅުވިއެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ