އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ވެންޓިލޭޓަރަކުން ކަރަންޓު ކެނޑުމުގެ ސަބަބުން ބަލި މީހަކު މަރުވެއްޖެއެވެ.
އައްޑޫ ލައިވް އިން ރިޕޯޓްކޮށްފައިވާ ގޮތުން ވެންޓިލޭޓަރުން ކަރަންޓު ކެނޑުމުގެ ސަބަބުން މަރުވެފައިވަނީ، ކޯމާގައި އޮތް އުމުރުން ދުވަސްވީ އަންހެނެކެވެ.
މަރުވި މީހާގެ އާއިލާގެ މީހަކާއި ހަވާލާދީ އައްޑޫ ލައިވްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ވެންޓިލޭޓަރުން ކަރަންޓު ކެނޑިފައިވާކަން ނަރުހުންގެ ސަމާލުކަމަށް އައި އާއިލާ މީހަކު އައިސީޔޫއަށް ވަންއިރު ވެންޓިލޭޓަރުގެ އެއްވެސް ބޮއްކެއް ދިއްލިފައި ނެތުމުން އެކަން އެންގުމުންނެވެ. އެމީހާ މަރުވެފައިވަނީ ވެންޓިލޭޓަރުގެ ކަރަންޓު ކެންޑުމުގެ ސަބަބުން ހާލު ދަށްވެގެންނެވެ.
އެހޮސްޕިޓަލުގެ ވެންޓިލޭޓަރުން ކަރަންޓު ކެނޑިފައިވާކަން ހޮސްޕިޓަލު ހިންގެވުމާއި ހަވާލުވެ ހުންނެވި ސީނިއާ ކޮމިއުނިޓީ ހެލްތު އޮފިސަރު ވަނީ ކަށަވަރުކޮށްދީފައެވެ. އެހެންނަމަވެސް އަންހެނުން މީހާ މަރުވެފައިވަނީ ވެންޓިލޭޓަރުން ކަރަންޓު ކެނޑިގެން ނޫންކަމަށް އެ އޮފިސަރު އައްޑޫލައިވަށް އެތަނުގެ ޑޮކްޓަރުންނާއި ހަވާލާދީފައިވެއެވެ.
ނަމަވެސް މަރުވި އަންހެންމީހާގެ މާމަ ދަރިއަކު މިއަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ، އެ މީހާ މަރުވީ ހޮސްޕިޓަލުގެ އިހުމާލުން ކަމަށް ތުހުމަތުކޮށްފައެވެ.
އެކަމާ ގުޅޭ ގޮތުން ހޮސްޕިޓަލްގެ ބަހެއް ވީއެފްޕީއަށް އަދި ވަނީ ލިބޭ ގޮތް ނުވެއެވެ.
ވެންޓިލޭޓަރުން ކަރަންޓު ކެނޑި ހާލު ދެރަ ބަލި މީހަކު މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ