ނާކާމިޔާބުވީ ބައި އިލެކްޝަންތަކުން ޕީޕީއެމުން ފިލާވަޅު ލިބިގަންނަން ޖެހޭ: މައުމޫން
ނާކާމިޔާބުވީ ބައި އިލެކްޝަންތަކުން ޕީޕީއެމުން ފިލާވަޅު ލިބިގަންނަން ޖެހޭ ކަމަށް ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.އިއްޔެ ބޭއްވި މ ކޮޅުފުށީ ބައި އިލެކްޝަނުގެ ނާކާމިޔާބަށްފަހު ކުރީގެ ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސ ފޭދުއާއި މ ކޮޅުފުށީގެ ބައި އިލެކްޝަނުން ޕީޕީއެމުން ފިލާވަޅު ލިބިގަންނަން ޖެހޭ ކަމަށެވެ.އަދި އެކަން ﷲގެ ވާގިފުޅާއި އެކު ޕީޕީއެމުން ކުރާނެ ކަމަށްވެސް ރައީސް މައުމޫންގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.PPM must learn from both Feydhoo n Kolhufushi by elections. We will insha Allah.— Maumoon Abdul Gayoom (@maumoonagayoom) October 18, 2014އިއްޔެ ބޭއްވި ކޮޅުފުށީގެ ބައި އިލެކްޝަން ވަރަށް ކުޑަ ތަފާތަކުން އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު ހުސައިން ޝާމިލު ކާމިޔާބު ކޮށްފައި ވަނީ 354 ވޯޓުންނެވެ.މި އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓް މުޙައްމަދު ނާޞިރަށް ލިބިވަޑައިގަތީ 334 ވޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ