ހަތް އަހަރަށްފަހު އަބްދުﷲ ރިޔާޒު ޖޭޕީން ވަކިވެވަޑައިގެންފި

ތިމަރަފުށީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒު އެ ޕާޓީން ވަކިވެވަޑައިގެންފި އެވެ.
ކުރީގެ ޕޮލިސް ކޮމިޝަނަރުކަންވެސް ކުރެއްވި ރިޔާޒު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވީ ޖަނަވަރީ 2014 ގަ އެވެ. އަދި އެފަހަރު ބޭއްވި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކިނބިދޫ ދާއިރާގެ ގޮނޑިވެސް އޭނާ ކާމިޔާބު ކުރެއްވީ ޖޭޕީގެ ޓިކެޓުގައި ވާދަކުރައްވައިގެންނެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ރިޔާޒް މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވީ، ސިޔާސީ ޕާޓީއެއް އުފައްދައިގެން ދިވެހި ގައުމަށާއި ރައްޔިތުންނަށް ހިދުމަތް ކުރުމަށް ނިންމާފައިވާތީ މިއަދުން ފެށިގެން އެ ޕާޓީގެ މެމްބަރުކަމުން ވަކިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ