"މެނިފެސްޓޯ ތަންފީޒު ކުރަން 200 އެއްހާ ގާނޫނު މަޖިލީހަށް ހުށަހަޅާނެ"

ހީނާ ވިދާޅުވީ ގާނޫނުތައް ފާސްކުރަން މަޖިލީހަށް ބިލު ހުށަހެޅުމަށް އިދާރީ ގޮތުން ކުރަން ޖެހޭ ކަންކަން ކުރަން މިހާރު ފަށާފައިވާ ކަމަށެވެ. މި މަސައްކަތުގެ ތެރެއިން ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅަން ޖެހިއްޖެނަމަ އެކަން ވެސް ކުރާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯ ތަންފީޒު ކުރަން ބޭނުންވާ 200 އެއްހާ ގާނޫނު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
އަންނަ މަހުގެ 28 ވަނަ ދުވަހު އެކަލަވާލާ 20 ވަނަ މަޖިލީހުގެ ސުޕަމެޖޯރިޓީ ވަނީ ސަރުކާރަށް ލިބިފަ އެވެ. ރައީސް ޑރ. މުއިއްޒުގެ މެނިފެސްޓޯ ތަންފީޒު ކުރުމަށާއި އަދި ހަފްތާ14ގައި ހުރި ކަންކަން ތަންފީޒު ކުރުމަށް ގާނޫނުތައް ހެދުން މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީއާއެކު ރާއްޖެ ތަރައްގީ ކުރުމަށް މުޅި ދައުލަތް 24 ގަޑިއިރު ހޭލާ އޮންނާނެ ކަމަށް ރައީސް ވިދާޅުވެފައިވާއިރު އޭގެ ތެރޭގައި މަޖިލީސް މެމްބަރުން ވެސް ހިމެނޭ ކަމަށެވެ.އެހެންކަމުން އާ ދައުރު ފެށުމާއެކު ބާރު ސްޕީޑުގައި މަޖިލީހުގެ މަސައްކަތްތައް ފެށިގެން ދާނެ ކަމަށް ހީނާ ވިދާޅުވި އެވެ. މިހިނގާ 19 ވަނަ މަޖިލީހުގައި ދެން ބާކީ އޮތީ އެންމެ ޖަލްސާއެއްކަން ފާހަގަކުރައްވަމުން ހީނާ ވިދާޅުވީ ނުނިމި ހުރި ހުރިހާ މަސައްކަތެއް އަލުން ރިސެޓް ވެގެންދާނެ ކަމަށެވެ.
"ހަފްތާ14ގެ ގާނޫނުތަކަށް އަހަންމިއްޔަތު ކަމެއް ދީގެން އަޅުގަނޑުމެން ހުށަހަޅާނީ. އެޔާ އެކީގަ ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯ ތަންފީޒު ކުރެއްވުމަށްޓަކާ ގާތްގަނޑަކަށް 200 އެއްހާ ގާނޫނު އަޅުގަނޑުމެން ކުރިއަށް އޮތް ދުވަސްތަކުގަ ތެރޭގަ ހުށަހަޅަން ޖެހޭ،" ހީނާ ވިދާޅުވި އެވެ.އާ ދައުރު ފެށުމާއެކު އެންމެ އިސްކަމެއް ދޭނީ ހަފްތާ14 ގައި ހުށަހަޅާފައިވާ ގާނޫނުތަކަށްކަން ވެސް ހީނާ ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި؛
ހީނާ ވިދާޅުވީ ގާނޫނުތައް ފާސްކުރަން މަޖިލީހަށް ބިލު ހުށަހެޅުމަށް އިދާރީ ގޮތުން ކުރަން ޖެހޭ ކަންކަން ކުރަން މިހާރު ފަށާފައިވާ ކަމަށެވެ. މި މަސައްކަތުގެ ތެރެއިން ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅަން ޖެހިއްޖެނަމަ އެކަން ވެސް ކުރާނެ ކަމަށެވެ.މިހިނގާ މަޖިލީހުގެ ފަހު ދައުރަށް 24 ބިލެއް ހުށަހަޅަން ސަރުކާރުން ކުރީން އޮތީ ނިންމާފަ އެވެ. ނަމަވެސް ހުށަހެޅީ އޭގެ ތެރެއިން މަދު ބިލެކެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ