ފުލުހުންގެ އިމަޖެންސީ ނަމްބަރުތަކުގެ ޚިދުމަތް މެދުކެނޑިއްޖެ

ދިމާވި ޓެކްނިކަލް މައްސަލައެއްގައި، މޯލްޑިވްސް ޕޮލިސް ސާވިސްގެ އިމަޖެންސީ ނަމްބަރުތަކުގެ ޚިދުމަތް މެދުކެނޑިއްޖެއެވެ.
ފުލުހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އިމަޖެންސީ ލައިން، 911 އާއި ހޮޓްލައިންތައް ކަމުގައިވާ 3322111 އަދި 3322112އަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ޚިދުމަތަށް ބުރޫ އަރާފައިވާ ކަމަށެވެ.
ފުލުހުންގެ އެހީތެރިކަމެއް ބޭނުންވާ އެއްވެސް ކަމެއް ދިމާވެއްޖެނަމަ، 9888999 އަށް ގުޅުއްވުމަށްވެސް މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަނީ އިލްތިމާސްކޮށްފައެވެ.
މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ