ހުސްވި 2021 ވަނަ އަހަރަކީ ހައި ކޯޓުގެ ތާރިހުގައި އެންމެ ގިނަ މައްސަލަ ނިމި އަހަރު ކަމަށް، އެ ކޯޓުގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ވީ ކިހިނެއް؟ - ހައި ކޯޓުން އިއްޔެ ވަނީ 2021 ވަނަ އަހަރުގެ ތަފާސްހިސާބުތައް އާންމުކޮށްފަ އެވެ. މިދިޔަ އަހަރު އެ ކޯޓަށް 835 މައްސަލަ ހުށަހެޅި ނަމަވެސް، ކޯޓުގައި ރަޖިސްޓްރީ ކުރީ 625 މައްސަލަ އެވެ.
ތަފްސީލް - ހައި ކޯޓުން ބުނީ، މިދިޔަ އަހަރަކީ ހައި ކޯޓުގެ ތާރީހުގައި ވެސް އެންމެ ގިނަ މައްސަލަ ނިންމި އަހަރު ކަމަށެވެ. މިދިޔަ އަހަރު އެންމެ ގިނަ މައްސަލަ ނިންމީ މާޗު މަހު އެވެ. މާޗު މަހުގެ ތެރޭގައި 100 މައްސަލަ ހައި ކޯޓުން ނިންމި އެވެ.
ހައި ކޯޓުގައި މިދިޔަ އަހަރު އެންމެ ގިނައިން ރަޖިސްޓްރީ ކުރީ ވެސް އަދި ނިންމީ ވެސް މަދަނީ މައްސަލަތަކެވެ. ހައި ކޯޓުން ނިންމި މައްސަލަތަކުގެ ބާވަތް:
މަދަނީ 325 މައްސަލަ
ޖިނާއީ 214 މައްސަލަ
ވަޒީފާއާ ބެހޭ 67 މައްސަލަ
ޓެކްސް އާ ބެހޭ 22 މައްސަލަ
އާއިލީ 18 މައްސަލަ
އިންތިހާބީ7 މައްސަލަ
މޮނިކޮން އަމުރުގެ 6 މައްސަލަ
ތަފާސްހިސާބުތަކަށް ބަލާއިރު، އެކި އަހަރުތަކުގައި ހުށަހަޅާފައި ހުރި މައްސަލަތަކާ އެކު، 2021ގެ ނިޔަލަށް 679 މައްސަލަ ނުނިމި ކޯޓުގައި އެބަ ހުއްޓެވެ. އެއީ:
2017 ގެ 2 މައްސަލަ
2018 ގެ 21 މައްސަލަ
2019 ގެ 186 މައްސަލަ
2020 ގެ 141 މައްސަލަ
2021 ގެ 329 މައްސަލަ
ހައި ކޯޓުން އެންމެ ގިނަ މައްސަލަ ނިންމީ މިދިޔަ އަހަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ