ހަތަރު ގަޑިއިރު ފަހުން ހިޔާ ފްލެޓްތަކަށް ކަރަންޓު ލިބިއްޖެ

ހުޅުމާލޭގެ ފޭސް ދޭއްގެ ހިޔާ ފްލެޓް ތަކުން މިއަދު ހަވީރުން ފެށިގެން ކަރަންޓް ކެނޑުނު ގޮތަށް ހަތަރު ގަޑިއެއްހާ އިރު ފަހުން ކަރަންޓް ލިބިއްޖެއެެވެ.
ހިޔާ ޓަވަރުގެ އެޗް1 އިން އެޗް8 ގެ ފްލެޓްތަކުން ކަރަންޓް ކެނޑިފައި ވަނީ މިއަދު 5:40 ހާއިރު އެވެ. ސްޓެލްކޯއިން އޭރު ބުނެފައިވަނީ ދިމާވި ޓްކެނިކަލް މައްސަލައަކާއި ގުޅިގެން ހިޔާ ފްލެޓްތަކުން ކަރަންޓް ކެނޑިފައިވާ ކަަމަށެވެ.
ނަމަވެސް ފަހުން އެކުންފުނިން ބުނެފައިވަނީ ހިޔާގެ ބައެއް ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ ހިޔާގެ ފުރަތަމަ ޓަވަރުގެ ސަބްސްޓޭޝަންގެ ސްވިޗްގިއަރގެ ބަސްބާ ޝޯޓުވުމާއި ގުޅިގެން ކަމަށެވެ.
ދިމާވި މައްސަލަ ހައްލުކޮށް އަވަހަށް ކަރަންޓް ދިނުމަށް މުވައްޒަފުން ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނު ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ރަމަޟާން މަހުގެ ރޯދަ ވީއްލާ ވަގުތާ ދިމާކޮށް މިފަދަ ހާދިސާއެއް ހިނގައި ކަރަންޓު ލިބުމުގައި ގިނަ ވަގުތުތަކެއް ނަގަން ޖެހުނު ކަމަށްޓަކައި ސްޓެލްކޯއިން ވަނީ އެތަނުގައި ދިރިއުޅޭ ފަރާތްތަކުގެ ކިބައިން މައާފަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ