ޖިންސީ ކުށުގެ އެކި މައްސަލަތަކުގައި މެލޭޝިއާއިން ދިވެއްސަކު ހައްޔަރުކޮށްފި އެވެ.
ވީކިހިނެއް؟ - މެލޭޝިއާއިން ހައްޔަރުކުރީ އަބްދުއްބާތިން މުހައްމަދު މުސްތަފާ ނަމަކަށް ކިޔާ ދިވެއްސެކެވެ.
ތަފްސީލް - މައުލޫމާތު ލިބޭ ގޮތުގައި، އޭނާގެ މައްޗަށް ޖިންސީ ކުށުގެ ސީރިއަސް ތުހުމަތުތަކެއް ކުރެ އެވެ. އޭގެ ތެރޭގައި:
ރޭޕްކުރުމާއި އަނބިމީހާއަށް ގެވެށި އަނިޔާކުރުން
އޮރިޔާން ކާޑު އުފައްދައިގެން ވިއްކުމާއި ބްލެމެއިލްކުރުން
މަސްތުވާތަކެތި ޓްރެފިކްކުރުން
ބުނީ ކީކޭ؟ - ދިވެހި ފުލުހުން މިއަދު ބުނީ އޭނާ ހައްޔަރުކުރީ މެލޭޝިއާ ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެނެވެ.
ދިވެހި ފުލުހުން ވެސް އޭނާގެ މައްޗަށް ތުހުމަތުކުރާ ގެވެށި އަނިޔާގެ މައްސަލައެއް ބަލަމުންދާ ކަމަށް ބުންޏެވެ.
ޖިންސީ ކުށުގެ މައްސަލަތަކެއްގައި މެލޭޝިއާއިން ދިވެއްސަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ