ދަރިންނަށް ހަރަދު ނުދޭ މީހެއްގެ ފޮޓޯ ރަސްދޫ ކޯޓުން އާއްމުކޮށްފި

ދަރިންނަށް ހަރަދު ނުދޭ ބައްޕައެއްގެ ފޮޓޯ، އއ. ރަސްދޫ ކޯޓުން ފުރަތަމަ ފަހަރަށް އާއްމުކޮށްފި އެވެ.
އެ ކޯޓުން ގެޒެޓްކުރި އިއުލާނަކާ އެކު އެ މީހާގެ ފޮޓޯ އާއްމުކުރީ ސާބިތު ހަރަދަށް ފައިސާ ނުދައްކާ މީހުންނަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށް ވަނީ ބުނެފަ އެވެ.
އެ ކޯޓުން ފުރަތަމަ ފަހަރަށް އާންމުކުރީ އދ. މަންދޫ، ނޫރަންމާގެ، މުހައްމަދު ހަބީބުގެ ފޮޓޯ އެވެ.
އެ ރަށު ކައުންސިލް ރައީސް އަހުމަދު ވަހީދު "މިހާރު" ކޯޓާ ހަވާލާދީ ވިދާޅުވީ ހަރަދު ނުދޭ ބައްޕައިންގެ ވަނަވަރު އާންމުކުރަން އެ ރަށު ކޯޓުން ނިންމާފައިވަނީ މިދިޔަ އަހަރު ފެމިލީ ކޯޓުން މީހެއްގެ ވަނަވަރު އެގޮތަށް އާންމުކުރަން ނިންމި ހިސާބުން ކަމަށެވެ.
ކޯޓާ ހަވާލާދީ އޭނާ ވިދާޅުވީ ވަކި މުއްދަތަކަށްވުރެ ގިނަ ދުވަހު ހަދަރު ނުދޭ މީހުންގެ ވަނަވަރު އާންމުކުރަން އެ ރަށު ކޯޓުން ނިންމާފައިވާ ކަމަށެވެ.
އެފަދަ މީހުންގެ ވަނަވަރު އާންމުކުރުމަކީ 2018 ވަނަ އަހަރު ފެމިލީ ކޯޓުން ނިންމާފައިވާ ނިންމުމެއް ނަމަވެސް އާންމުކޮށް އެކަން އެގޮތަކަށް ނުކުރެ އެވެ. 
ދަރިންގެ ހަރަދު ނުދޭ މީހުންގެ މައުލޫމާތު އާންމުކުރަން އެންމެ ފުރަތަމަ ފެށީ، 2024 ވަނަ އަހަރުގެ ފަހުކޮޅުގައި ޅ. ހިންނަވަރު ކޯޓުންނެވެ. އޭގެ ފަހުން ހދ. ކުޅުދުއްފުށީ ކޯޓުންނާއި ފެމިލީ ކޯޓުން ވެސް އެކަކުގެ ވަނަވަރު އާންމުކުރި އެވެ.
ކައިވެނި ރޫޅުމަށް ފަހު ދަރިންނަށް ހަރަދު ނުދޭ މައްސަލަ ރާއްޖޭގައި ވަރަށް ބޮޑެވެ. ހަރަދު ނުދޭ މީހުންގެ އަތުން ފައިސާ ހޯދުމަށް ކޯޓުތަކުން އެކި ފިޔަވަޅުތައް އަޅަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ