ޔޫޑަބްލިއުސީ މޯލްޑިވްސްގެ އިން ރާއްޖޭގެ ހަތަރު
ދަރިވަރަކަށް ބޭރު ގައުމުތަކުގައި މަތީ ސާނަވީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު
ފަހިކޮށްދީފި އެވެ.
ސްކޮލާޝިޕް ލިބުނު ދަރިވަރުން ކިޔެވުމަށް ހަމަޖެހިފައިވަނީ އެމެރިކާ،
ޖަޕާން، އަރުމީނިއާ އަދި އެސްވާޓީނީގައި ހުންނަ ޔުނައިޓެޑް ވޯލްޑް ކޮލެޖް
(ޔޫޑަބްލިއުސީ) ތަކުގަ އެވެ.
ޔޫޑަބްލިއުސީ އަކީ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ، ތައުލީމީ ގޮތުން ނަމޫނާ
މުއައްސަސާއެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެފަދަ 18 ކޮލެޖެއް ހުރިއިރު، އެ ތަންތަނުގައި ދަރިވަރުން ފުރިހަމަކުރާނީ ދެ އަހަރު ދުވަހުގެ އިންޓަރނޭޝަނަލް
ބެކަލޯރިއޭޓް (އައިބީ) ޑިޕްލޮމާއެކެވެ. އެއީ އޭ-ލެވެލްއާ އެއް ފެންވަރެއްގެ،
ދުނިޔޭގެ ހުރިހާ ޔުނިވާސިޓީތަކަކުންނާއި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން
ވެސް ބަލައިގަންނަ ސަނަދެކެވެ.
ޔޫޑަބްލިއުސީ މޯލްޑިވްސްއިން ސްކޮލާޝިޕަށް ހޮވާފައިވާ ހަތަރު ދަރިވަރުންނާއި އެ
ދަރިވަރުން ކިޔަވަން ހަމަޖެހިފައިވާ ތަންތަން:
● ފާތިމަތު
ސާޝާ ފަރުހަތު (ގާޒީ ސްކޫލް) – ޔޫޑަބްލިއުސީ އައިސަކް، ޖަޕާން.
● ފާތިމަތު
ފާރިހާ ފަޔާޒް (އަމީނިއްޔާ ސްކޫލް) – ޔޫޑަބްލިއުސީ ޑިލިޖަން، އަރުމީނިއާ.
● ޖިއާން
އަހުމަދު ސައީދު (އަމީނިއްޔާ ސްކޫލް) – ޔޫޑަބްލިއުސީ ވޯޓަފަޑް ކަމްލަބާ،
އެސްވާޓީނީ.
● އާމިނަތު
އުލާ އަހުމަދު (ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލް) – ޔޫޑަބްލިއުސީ ޔޫއެސްއޭ، އެމެރިކާ.
ޔޫޑަބްލިއުސީ މޯލްޑިވްސްގެ ސިލެކްޝަންސް ކޯޑިނޭޓަރު އިޒްމާން ސުހައިލް ވިދާޅުވީ ޔޫޑަބްލިއުސީ އިން ފޯރުކޮށްދޭ ތައުލީމަކީ ދަރިވަރުންގެ އަމިއްލަ ޝަހްސިއްޔަތު ބިނާކޮށް، ހުނަރުތައް ތަރައްގީކުރުމަށް ލިބޭ ތަފާތު އަދި އެހާމެ އަގުހުރި ފުރުސަތެއް ކަމަށެވެ.
ޔޫޑަބްލިއުސީ
މޯލްޑިވްސްއަކީ ދިވެހިރާއްޖޭގައި ޔޫޑަބްލިއުސީ ސްކޫލްތައް ތަމްސީލުކުރާ ގައުމީ
ކޮމިޓީއެވެ. އެ ޖަމިއްޔާގެ ސްކޮލާޝިޕް ޕްރޮގްރާމް ކުރިއަށްގެންދަނީ އަލިފުޅު
ތުއްތު ފައުންޑޭޝަނާއި ޔޫޑަބްލިއުސީ އިންޓަނޭޝަނަލް އޯގަނައިޒޭޝަނުގެ ދީލަތި
އެހީތެރިކަމާއެކުގަ އެވެ. މިއީ ގްރޭޑް 10 ނިންމާ ދިވެހި ދަރިވަރުންނަށް
އަމާޒުކޮށްގެން ކޮންމެ އަހަރަކުވެސް ހުޅުވާލެވޭ ފުރުސަތެކެވެ.
2001
ވަނަ އަހަރުން ފެށިގެން މިހާތަނަށް 70 އަށްވުރެ ގިނަ ދިވެހި ދަރިވަރުން ވަނީ މި
ސްކޮލާޝިޕްތަކުގައި ތައުލީމު ހާސިލުކޮށްފަ އެވެ. ޔޫޑަބްލިއުސީގެ ދެ އަހަރުގެ ދައުރު ފުރިހަމަކުރި ގާތްގަނޑަކަށް ހުރިހާ
ދަރިވަރުންނަކީވެސް މަތީ ތައުލީމު ހާސިލުކުރުމަށް އިތުރު ސްކޮލާޝިޕްތައް
ކާމިޔާބުކޮށްފައިވާ ދަރިވަރުންނެވެ. އޭގެތެރެއިން ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރީ އެމެރިކާގެ ޔުނިވާސިޓީތަކުގަ އެވެ.
މި ސްކޮލާޝިޕްގެ ދަށުން މިހާރުވެސް ދިވެހި ތިން
ދަރިވަރަކު ކެނެޑާ، އިންޑިއާ، އަދި ހޮންކޮންގްގައި ހުންނަ ޔޫޑަބްލިއުސީ ތަކުގައި
ތައުލީމު ހާސިލުކުރަމުން އެބަދެ އެވެ. މީގެ އިތުރުން، ނިމިދިޔަ މޭ މަހު ޖަރުމަނާއި
ޗައިނާއިން ކިޔެވުން ފުރިހަމަކުރި ދެ ދަރިވަރަކު ވަނީ، މަތީ ތައުލީމުގެ އިތުރު
ފުރުސަތުތައް އެމެރިކާގެ ޔުނިވާސިޓީތަކުން ކާމިޔާބުކޮށްފަ އެވެ.
ޔޫޑަބްލިއުސީ މޯލްޑިވްސް އިން ހަތަރު ދަރިވަރަކަށް ސްކޮލާޝިޕް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ