މ. މުލީގައި ޑެންގީ ހުން ޖެހިގެން، 17 އަހަރުގެ އަންހެން ކުއްޖަކު ރޭގެ ވަގުތެއްގައި ނިޔާވެއްޖެއެވެ. މި ކުއްޖާ ނިޔާވީ ޑެންގީ ހުމުގައިކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ހުން އައިސްގެން އެ ކުއްޖާ މުލީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް އެޑްމިޓްކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. މ.އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 11 ގައި ތައުލީމު ހާސިލުކުރަމުންދިޔަ މި ދަރިވަރުގެ ހާލަތު ކުއްލިއަކަށް ގޯސްވެފައިވަނީ ރޭގެ ވަގުތެއްގައެވެ.
މިމަހުގެ 13 ވަނަ ދުވަހު ށ. މިލަންދޫއަށް ނިސްބަތްވާ 22 އަހަރުގެ ޒުވާނަކުވެސް ވަނީ ޑެންގީ ޖެހިގެން މަރުވެފައެވެ. އެ ޒުވާނާ ނިޔާވީ ބަލީގެ ހާލަތު ބޮޑުވެގެން މާލެ ގެނެސް، ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުން ދަނިކޮށެވެ.
ޑެންގީ ޖެހިގެން 17 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ