ލޯންޗަކާއި ދޯންޏެއް ޖެހި، ހަތަރު މީހަކަށް އަނިޔާވެއްޖެ
މާލެ ކައިރިން ދޯންޏަކާއި ލޯންޗެއް ޖެހި، ހަތަރު މީހަކަށް މިއަދު އަނިޔާވެއްޖެއެވެ. "ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓު ހިނގައިފައިވަނީ ކ. ފުނަދޫ ކައިރިން، މިރޭ 7:19 ހާއިރެވެ. އެ ހާދިސާގައި ހަތަރު މީހަކަށް އަނިޔާވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ތިން ދިވެހީންނާއި ބިދޭސީ މީހެއް ކަމަށް އެނގިފައިވެއެވެ. އޭގެ ތެރެއިން ދިވެއްސަކަށް ލިބުނު އަނިޔާއާ ގުޅިގެން، އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެ މީހުންނަށް ލިބުނު އަނިޔާއާ ގުޅޭ ތަފުސީލެއް މިހާތަނަށް ލިބިފައިނުވެއެވެ. މި މަހުގެ ފުރަތަމަ ހަފުތާގައި ވެސް ކަނޑުމަތީގެ ދެ ހާދިސާއެއް ހިނގައިފައިވެއެވެ. އެގޮތުން މި މަހުގެ ހަތަރު ވަނަ ދުވަހު ދެ ލޯންޗު ޖެހި، ދެ އުޅަނދަށް އެކިވަރުގެ ގެއްލުންވެފައިވެއެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. https://sun.mv/217607 އޭގެ ޖެހިގެން އައި ދުވަހު، ފަތުރުވެރިންތަކެއް ގޮވައިގެން ދަތުރު ކުރަމުން ދަނިކޮށް, ކ.ގުޅީފަޅު ކައިރިއަށް ލޯންޗެއް ބަންޑުންޖަހާލިއެވެ. އެ ލޯންޗުން ދަތުރުކުރަމުންދިޔަ ނުވަ ފަތުރުވެރީންނާއި، ދެ ފަޅުވެރީންނާއި، ލޯންޗުގެ ކެޕްޓަން ކަނޑުވެފައިތިއްބައި ކޯސްޓްގާޑުން ވަނީ ސަލާމަތްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ