ދިރާގުން 2025 ވަނަ އަހަރަށް މަރުހަބާ ކިޔުމަށް ހާއްސަ އޮފާތަކެއް ލޯންޗުކޮށްފި

ދިރާގުން ކުރިއަށް އޮތް 2025 ވަނަ އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން ޚާއްސަ އޮފާތަކެއް ތައާރަފުކޮށްފި އެވެ.އެގޮތުން އާ އަހަރު ފާހަގަކުރުމުގެ ގޮތުން ދިރާގުން ވަނީ އާ އަހަރުގެ ޗުއްޓީއާ ގުޅުވައިގެން ކަސްޓަމަރުންނަށް އިތުރު ޑޭޓާ ލިބޭ ފަދަ ހާއްސަ އޮފާތަކެއް ތައާރަފުކޮށްފަ އެވެ.ސަޅި ޕްރީޕެއިޑް ޕްރޮމޯސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް މިހާރު އެންމެ 2،025 ރުފިޔާގެ އޮފާ އަގަކަށް ސަޅި 365 ދުވަސް ނުވަތަ ސަޅި 180 ދުވަސް ޕްލޭނަށް ސަބްސްކްރައިބްކުރެވޭނެ އެވެ.ސަޅި 365 ދުވަސް: މިޕްލޭނާއެކު ކަސްޓަމަރުންނަށް ޖުމްލަ 365ޖީބީ (ދުވާލަކު އެއް ޖީބީ)އާ އެކު، އިތުރު އަގަކާ ނުލާ 100 ޖީބީގެ ބޯނަސް ޑޭޓާ ލިބޭނެ.ސަޅި 180 ދުވަސް: މިޕްލޭނާއެކު ކަސްޓަމަރުންނަށް ދުވާލަކު ހަތަރު ޖީބީ (ޖުމްލަ 720ޖީބީ) 180 ދުވަހަށް ލިބޭނެ.ޕޯސްޓްޕެއިޑް ޑޭޓާ ބޫސްޓާމި އޮފާގައި ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އިތުރު އަގަކާ ނުލައި ހާއްސަ ޑޭޓާ ބޫސްޓާތަކާ އެކު 25ޖީބީ އާ ހަމައަށް އިތުރު ހިލޭ ޑޭޓާ ލިބޭނެ އެވެ.ސްޓްރީމް 25ޖީބީ އޮފާޕްރީޕެއިޑް ކަސްޓަމަރުންނަށް މި ހާއްސަ ސްޓްރީމިންގް އެޑް-އޮންއާއެކު އެފަރާތްތަކުގެ ހުރިހާ ސްޓްރީމިންގް ބޭނުންތަކަށް 25ޖީބީ މޮބައިލް ޑޭޓާ އެންމެ 25 ރުފިޔާއަށް، 24 ގަޑިއިރުގެ މުއްދަތަށް ލިބިގެންދާނެ އެވެ.މަންތުލީ ޑޭޓާ ޑޭޓާ އެޑް-އޮންތައްވަކި މަންތުލީ ޑޭޓާ އެޑް-އޮންތަކާއެކު ކަސްޓަމަރުންނަށް އެއް އަގެއްގައި 25 އިންސައްތަ އިތުރު ހިލޭ ޑޭޓާ، 30 ދުވަހުގެ މުއްދަތަށް ލިބޭނެ އެވެ.100ޖީބީ 24 ގަޑިއިރުގެ ޑޭޓާ ޕެކްޕްރީޕެއިޑް ކަސްޓަމަރުންނަށް 100ޖީބީގެ 24 ގަޑިއިރުގެ ޑޭޓާ ޕެކް އެކްޓިވޭޓްކޮށްލައިގެން އިތުރު 25ޖީބީ ޑޭޓާ އަދި ދިރާގު ނަންބަރުތަކަށް ހިލޭ ކޯލްތައް – ހަމަ އެއް އަގެއްގައި ލިބިގެންދާނެ އެވެ.ހިލޭ ކަނެކްޝަން ޕްރޮމޯމި ޕްރޮމޯޝަންއާ އެކު، އާ ދިރާގު ފައިބަ ބްރޯޑްބޭންޑް ކަނެކްޝަން ނަގާ ހުރިހާ ކަސްޓަމަރުންނަށް ހިލޭ ރައުޓަ އަދި ހިލޭ ސެޓް-އަޕް ލިބިގެންދާނެ އެވެ. މި އޮފާ ކުރިއަށް ދާނީ މިމަހުގެ ނިޔަލަށެވެ.މި އޮފާ ކުރިއަށް ދާނީ މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.ހިލޭ ކަނެކްޝަން ޕްރޮމޯ ފިޔަވާ އެހެން ހުރިހަ އޮފާތަކެއް އަންނަ މަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. އަދި ކަސްޓަމަރުންނަށްފަސޭހަކަމާ އެކު މި އޮފާތައް ދިރާގު އެޕް މެދުވެރިކޮށް އެކްޓިވޭޓްކުރެވޭނެއެވެ.މި ޚާއްސަ އައު އަހަރުގެ އޮފާތަކާ ބޭހޭ އިތުރު މަޢުލުމާތު ދިރާގު ވެބްސައިޓުން ލިބޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ